ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ލަގްޒަރީ ދަތުރުތައް ފެށުމަށްޓަކައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން މިއަދު ބުނީ، 8 ފަސިންޖަރުންގެ ޖާގަ ހިމެނޭ މި މަތިންދާބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް" އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޚާއްޞަ ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ބޭނުން ކުރާނެއެވެ.
މި ބޯޓު މިއަދު ހަވީރު ރާއްޖެ ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ ސަލީމް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ މަތީ ފަންތީގެ ފަތުރުވެރިން ރޭގަނޑުގެ ވަގުތުތަކުގައިވެސް އެމީހުން ބޭނުންވާ މަންޒިލްތަކަށް ދަތުރުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި އަލަށް ގެނައި މި ބޯޓަކީ ފަތުރުވެރިން އެދޭ ކޮންމެ ގަޑިއެއްގައިވެސް ފަސޭހަކަމާއެކު ދަތުރުކުރުމަށް ވަރަށް އެކަށީގެންވާ ރަނގަޅު އުޅަނދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ސީޕްލޭން ޚިދުމަތުގައި ނުދެވޭ، އެހެންނަމަވެސް ރޭގަނޑު މިއަންނަ ފަސިންޖަރުން، ޚާއްޞަކޮށް ލަގްޒަރީ ޓޫރިޒަމްގައި މިއަންނަ ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އެއާލައިންގައި ޚިދުމަތެއް ތަޢާރަފު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި، އެ ޑިމާންޑު އަބަދުވެސް އަޅުގަނޑުމެންނަށް އަންނަމުންދަނީ." ޢަލީ ސަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު ޢަލީ ސަލީމް ވިދާޅުވީ، "ކިންގް އެއާ 360" ބޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުރުޞަތު ހުޅުވާލެވި، ޚިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު