ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ ޒިންމާ މިޔަންމާއިން އުފުލަން ޖެހޭނެކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ކުރި ހުކުމުގައި، އެ މައްސަލައިގައި ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށްފިއެވެ.
މިއީ ގަތުލުއާންމެއްގެ ޒިންމާ ދައުލަތަކުން އުފުލަން ޖެހޭނެކަމަށް އައިސީޖޭގެ ތާރީޚުގައި ވެސް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. މި ހުކުމުގައި، ރޮހިންގާ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދީ، އެ މީހުން އަނބުރާ ވަޒަނަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިޔަންމާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އައިސީޖޭގެ ހުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ދައުލަތްތަކުން އުފުލަން ޖެހޭ މުހިންމު ދެ އިލްތިޒާމަކާ ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތަކަށް ކޯޓުން ވަނީ ޚާއްޞަ ގޮތެއްގައި އަލިއަޅުވާލާފައެވެ.
މީގެ އިތުރުން، ކޯޓުން ކަނޑައަޅާ އަދަބަކީ ގަތުލުއާންމުގެ ކުށުގެ ބޮޑުމިނާ އެކަށީގެންވާ، އަދި ކުރިމަގުގައި އެފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބާރުއަޅާ ފަދަ އަދަބަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި މި ޖަރީމާ ހިންގި ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށް، އެކަށީގެންވާ ހަރުކަށި އަދަބު ދެވޭނެކަމަށް ވަކާލާތުކޮށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ވެސް ހުކުމުގައި ތާއީދުކޮށްފައިވެއެވެ.
ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ރޮހިންގާގެ މައްސަލައަށް ތަދައްޚުލުވާނެކަން ދުނިޔޭގައި އެންމެ ފުރަތަމަ އިއުލާންކުރި ގައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި އައިސީޖޭގައި ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ތަމްސީލުކުރެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.

ކިޔުންތެރިންގެ ހިޔާލު