ފާތިމަތު ނަޒީފާ އަޙްމަދު   15 ފެބްރުއަރީ 2024 - 23:34
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަ ކުރައްވާ މެމްބަރުންގެ ނަންތައް އެ ޕާޓީން އާންމު ކޮށްފިއެވެ.

ޖޭޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން 10 މެމްބަރުން ވާދަ ކުރައްވާނެ ކަމަށެވެ.

އެ މެމްބަރުންނަކީ:-

* ޤާސިމް އިބްރާހިމް - މާމިގިލީ ދާއިރާ

* އާއިޝަތު ނަހުލާ - ހުޅުމާލޭ ދެކުނު ދާއިރާ

* ޑރ. އަމީން އިބްރާހިމް - ހެންވޭރު ހުޅަނގު މާލެ

* ޢަލީ ޙުސައިން - ކެންދޫ ދާއިރާ

* އަޒްލީން އަޙުމަދު - ދުވާފަރު ދާއިރާ

* ނިޝާމާ މުޙައްމަދު - ދާންދޫ ދާއިރާ

* ޢަބްދުﷲ އަމީން - އުގުއްފާރު ދާއިރާ

* އަބްދުﷲ އަހްމަދު - ތިނަދޫ އުތުރު ދާއިރާ

* ޙުސައިން ޝަހުދީ - ނޮޅިވަރަމު ދާއިރާ

* މުޙައްމަދު ނާޞިރު - އޭދަފުށި ދާއިރާ

މަޖިލިސް އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.

އެދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން