ރާއްޖޭގެ ބޯޑަރ ހުޅުވާލުމަށްފަހު ރާއްޖެއަށް އައި ފުރަތަމަ ފްލައިޓް ވީއައިއޭ ގައި ޖައްސަނީ
ރާއްޖޭގެ ބޯޑަރ ހުޅުވާލުމަށްފަހު ރާއްޖެއަށް އައި ފުރަތަމަ ފްލައިޓް ވީއައިއޭ ގައި ޖައްސަނީ
އިތުރު ދެ އެއާލައިންއަކުން މި މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ކޯވިޑް-19ގެ ސަބަބުން ގާތްގަނޑަކަށް ހަތަރު މަހަށް ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާފައިވާއިރު، ފަސް އެއާލައިނަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށާފަ އެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީ ލަންކަން އެއާލައިންސް އަދި ޓާކިޝް އެއާލައިންސް އެވެ. މި މަހުގެ ތެރޭގައި ދަތުރުތައް އަލުން ފެށުމަށް މިހާތަނަށް ޝެޑިއުލްކޮށްފައި ވަނީ، ހޮންގް ކޮންގް އެއާލައިންސް އަދި އިންޑިގޯ އިންނެވެ.

މީގެ އިތުރުން ސްރީލަންކަން އެއާލައިންސުން މިހާރު ކޮންމެ ދުވަހަކު ރާއްޖެއާއި ލަންކާއާ ދެމެދު ފްލައިޓެއް ބާއްވާއިރު، އެމިރޭޓްސް އިން ވަނީ މާދަމާ އިން ފެށިގެން ހަފްތާއަކު ހަ ފްލައިޓް ރާއްޖެ އަށް އޮޕަރޭޓްކުރަން ނިންމާފައެވެ. ބޯޑަރު ހުޅުވުމަށް ފަހު މިހާތަނަށް އެމިރޭޓްސް އިން އޮޕަރޭޓްކުރަމުން ގޮސްފައި ވަނީ ހަފްތާއަކު ފަސް ފްލައިޓެވެ.

ކޯވިޑް-19 އާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިޤްތިޞާދަށް އާރޯކަން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ ގައުމެއްގެ ފަތުރުވެރިއަކަށް ވެސް ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ބައްޔަށް ޝައްކު ނުވާ ނަމަ ކޯވިޑް-19 އަށް ޓެސްޓެއް ވެސް ނުކުރާނެއެވެ. އެހެން ނަމަވެސް، ބައެއް ރެންޑަމް ސާމްޕަލް ނަގާނެ އެވެ. ސަރުކާރުން އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފަސް ލައްކަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާއިރު، 61 ރިސޯޓެއް މިހާތަނަށް އަލުން ހިންގަން ފަށާފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ މަހު ވެސް ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަލުން ހުޅުވާނެއެވެ. ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އޭރު ރާއްޖޭގެ 150 އަށް ވުރެ ގިނަ ރިސޯޓް ދިޔައީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން