ގއ. ކޫއްޑޫން ފައިލޭރިއާގެ ތިން ކޭސް ފެނިއްޖެއެވެ.

މިފްކޯ އިން ބުނީ މިިދިޔަ ބުރާސްފަތި ދުވަހު ގއ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކޫއްޑޫގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީން ޕްރޮގްރާމެއްގައި އިންޑިއާގެ ތިން މަސައްކަތްތެރިއަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި އެ ތިން މީހުންނަށް ވަގުތުން ފަރުވާދީފައި ވާ ކަމަށާއި ފަރުވާ ފުރިހަމަ ކުރުމަށްފަހު މިހާރު އެމީހުން އެނބުރި މަސައްކަތަށް ނުކުމެފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މިފްކޯގެ ހުރިހާ ފެކްޓްރީތަކެއްގައި ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކެއް މިހާރުވަނީ ފަށާފައެވެ. ކޫއްޑޫއިން ފައިލޭރިއާގެ 3 ކޭސް ފެނުނު ނަމަވެސް މިފްކޯގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާފައެއް ނުވެއެވެ.

މިފްކޯގެ ހަތަރު ފެކްޓަރީއެއް ރާއްޖޭ އެކި ހިސާބުތަކުގައި ހިންގަ އެވެ. އެއީ ކޫއްޑު މަސް ފެކްޓަރީ، ފެލިވަރު މަސް ފެކްޓަރީ، އައްޑޫ މަސް ފެކްޓަރީ އަދި ކަނޑުއޮތްގިރީގައި ހިންގާ ފެކްޓަރީ އެވެ.

ރާއްޖޭން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް މިދިޔަ ޑިސެމްބަރު މަހު ކުޅުދުއްފުށިންނާއި މާލޭ އޭރިއާއިން ވެސް ފެނިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން