ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު އިންތިޚާބީ ލީޑަރޝިޕާއެކު ޕާޓީ އިތުރަށް ވަރުގަދަވެ، މުޅި ރާއްޖެއަށް ޕާޓީގެ ހަރަކާތްތައް ފުޅާވެގެންދާނެ ކަމުގެ ފުރިހަމަ އިޢުތިބާރު އެބައޮތް ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ސިއްޙީ ދާއިރާއާ ގުޅޭގޮތުން ބޭއްވި ޚާއްޞަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވުމަށްފަހު "ރަސް"އަށް ދިން އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، އިންތިޚާބުވި އައު ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވަނީ އަމިއްލައަށް އިސްނަގައިގެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން ހުރި ބޭފުޅުން ކަމަށެވެ.
އަދި އައު އިންތިޚާބާއެކު ޕާޓީގެ ލީޑަރޝިޕްގެ ތެރެއިން މުޅި ރާއްޖެ ތަމްސީލުވުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، އައު ލީޑަރޝިޕާއެކު ޕީއެންސީގެ ހަރަކާތްތަކަށް އައު ދިރުމެއް އައިސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާޓީގެ މަސައްކަތްތައް ކުރިއަށްގެންދެވުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ޕާޓީގެ އިސްވެރިންނަށް މާ ބޮޑު ތަކުލީފަކާ ނުލައި މަސައްކަތްތައް ހިންގޭނެ ގޮތަށް، އައު ލީޑަރޝިޕްގެ މެންބަރުން އިސްނަގައިގެން ޒިންމާތައް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކޮންގްރެސްއާ މެދު އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ސިފަކުރެއްވީ، މިއީ މިހާތަނަށް ޕާޓީން ބޭއްވި އެންމެ ފުރިހަމަ އަދި ވަށައިޖެހޭ އެއް ބައްދަލުވުން ކަމަށެވެ. މި މަހާސިންތާގެ ތެރެއިން ޕާޓީގެ އިސް މަސްއޫލުވެރިންނާއި، ދާއިރާތަކުގެ މަންދޫބުންގެ އިތުރުން ސްޓިއަރިންގ ކޮމިޓީތަކާއި، ޒުވާނުން، ކައުންސިލް ރައީސުން އަދި އަންހެނުންގެ ހަރަކާތުގެ ވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކޮންގްރެސްގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއި ބަދަލުކުރެވުނު ޚިޔާލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީއެންސީގެ އިންތިޒާމުތަކާއި ހަރަކާތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އަދި މި ކޮންގްރެސް ނިމިގެންދާއިރު، ޕާޓީގެ ހިންގުމުގެ އޮނިގަނޑު މީގެ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު