މިދިޔަ އޮގަސްޓުމަހުގެ ފަހުކޮޅު އޮލިމްޕަހުގައި އެޅުވި ފިލްމު "ކަމަނާ" ގެ ހުރިހާ ޝޯއެއްގެ ޓިކެޓު ހުސްވުމާ ގުޅިގެން ބާއްވާ ވަދާއީ ޝޯތަކުގެ ޓިކެޓުތައް މިހާރު ވިއްކަން ފަށައިފިއެވެ.
ފިލްމު "ކަމަނާ" އަށް އެތައް ބައެއްގެ ތަރުހީބު ލިބި، ހުރިހާ ޝޯއެއްގެ ޓިކެޓުތައް ހުސްވުމާ ގުޅިގެން މި ފިލްމުގެ ވަދާއީ 5 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޝޯތައް ބާއްވާނީ މި ސެޕްޓެމްބަރު މަހުގެ 15 އަދި 16 ގައެވެ. އެގޮތުން މި ފިލްމުގެ ވަދާއީ ޝޯތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގައި އާއި، ރޭގަނޑު 8:30 އަދި ރޭގަނޑު 11:30 ގައެވެ. އަދި މީގެ އިތުރުން 16 ވަނަ ދުވަހު ބާއްވާ ދެ ޝޯވެސް އޮންނާނީ ރޭގަނޑުއެވެ.
މިދިޔަ އޮގަސްޓުމަހުގެ 27 ގައި އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ޝޯތައް ކުރިއަށް ގެންދިޔުމަށް ރާވާފައި އޮތީ ސެޕްޓެމްބަރުގެ 14 ނިޔަލަށް ކަމުގައިވީނަމަވެސް ފިލްމަށް ލިބުނު ތަރުހީބާއެކު ވަދާއީ އިތުރު ޝޯތަކެއް ބޭއްވުމަށް "ކަމަނާ" ގެ ޓީމުން ވަނީ ނިންމާފައެވެ. ރޭގަނޑުގެ 8:30 ގެ އިތުރުން ރޭގަނޑުގެ 11:30 ގައި ޝޯތައް ބާއްވަމުން ގޮސްފައިވާ މި ފިލްމަށް އޮތް ތަރުހީބު ބޮޑުވެ މިމަހުގެ 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހުގެ އިތުރުން 13 ވަނަ ދުވަހު އިތުރު ޝޯތަކެއް ބާއްވާފައިވާއިރު، މި ޝޯތަކުގެ ޓިކެޓުތައްވެސް ވަނީ ހުސްވެފައެވެ.
އޮލިމްޕަހުގައި މި ފިލްމު އަޅުވަން ފެށުމާއެކު ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، އޮލިމްޕަހުގައި ބޭއްވި ޝޯތަކުގެ ޓިކެޓު ނެގުމަށް ދިގު ކިއުތަކެއް ހަދާފައިވެއެވެ. މީގެ އިތުރުން އަތޮޅުތަކުންވެސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބި ނިމިދިޔަ ހަފްތާގެ ހަފްތާ ބަންދުގައި އަތޮޅުތަކުގައި އެކަނިވެސް މި ފިލްމުގެ 32 ޝޯއެއް ވަނީ ބާއްވާފައެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުން ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައިވާ ބިރުވެރި މިންވަރާއި، އަންހެނުންނަށް ލިބޭ އަނިޔާއާއި، އަންބެއްގެ ކެއްތެރިކަން ވަރަށް ރަނގަޅަށް އެނގިގެން ދާއިރު، މި ފިލްމަކީ ހަގީގީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ކިޑް ޕްރޮޑަކްޝަން އާއި ސެޓަން ސްޓޫޑިއޯއިން ހުށަހަޅައިދިން މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސާރ ޝާނިޒް އަލީ އަދި ހުސައިން މުނައްވަރުއެވެ. އަދި މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ހުސައިން މުނައްވަރުއެވެ.

ކިޔުންތެރިންގެ ހިޔާލު