މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ މިއަދު ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.

މިފްކޯ އިން މިއަދު ބުނީ މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން މުޅިން ކަށަވަރު ނުކުރެވޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

"ސަރުކާރުން އެނައުންސް ކުރުންވެސް އެކަށީގެންވޭ." މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިފްކޯ އިން މިހެން ބުނެފައިވާއިރު މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ މަސްވެރިން ދަނީ މުޒާހަރާކުރަމުން ނެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ މުޒާހަރާގައި މަސްވެރިން ބުނަމުން ގެންދަނީ ވަކި އުސޫލެއް ކަނޑައަޅައި، އެ އުސޫލުގެ މަތިން ފައިސާ ދެވޭނެގޮތެއް ހަދައިދިނުމަށް ގޮވާލަމުންނެވެ. އަދި މަސްވެރިންނާއި ވާހަކަ ދައްކައި މިކަމަށް ހައްލެއް ހޯއްދަވައިދެވޭނެ ބޭފުޅަކު ފޮނުވައި ދެއްވުމަށް އައްޑޫ މަސްވެރިން ވަނީ އެދިފައެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދިނުމަށް ގޮވާލައި އަދި މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް ހުރަސް ނޭޅުމަށް ގޮވާލައި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން