ހަރަދުތައް ކުޑަކުރަން ކައުންސިލްތަކަށް އަންގައިފި އެވެ.

ކައުންސިލް ތަކަށް ޚަރަދު ކުޑަކުރަން އެންގީ ސިޓީތަކާއި ލޯކަލް ގަވަންމެންޓާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ކައުންސިލްތަކުން ފޮނުއްވި ސާކިއުލާއެއް ގައެވެ.

އެގޮތުން މި ވަގުތު ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ވަނީ އަންގައިފަ އެވެ. އަދި އެކި މުނާސަބަތުތަކާ ގުޅިގެންވެސް ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި ނުބޭއްވުމަށާއި އަދި ކުޅިވަރު މުބާރާތްތައްވެސް މި ދުވަސްވަރު ނުބޭއްވުމަށް ވަނީ އަންގައިފަ އެވެ.

ހަމަ އެހެންމެ ބައްދަލުވުންތަކަށް މާލެއަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވަނީ އަންގައިފަ އެވެ.

ހަރަދުތައް ކުޑަކުރަން ކައުންސިލް ތަކަށް އެންގިއިރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން