މައިންބަފައިން ދަރިން ކުރިމަތީގައި ޒުވާބުކުރާނަމަ ދަރިންނަށް އަސަރު ކުރޭ.
މައިންބަފައިން ދަރިން ކުރިމަތީގައި ޒުވާބުކުރާނަމަ ދަރިންނަށް އަސަރު ކުރޭ.
ދަރިންނަކީ މައިންބަފައިންގެ މައްޗަށް ލައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. ވީމާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުކަން ދޭންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ.

މައިންބަފައިން ދަރިންގެ ކުރިމަތީގައި ޒުވާބު ކޮށް އެކަކު އަނެކަކަށް އަޑުލައި ހެދުމަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމައުން ވަރަށް ގިނައިން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ވަރަށް ލޯބިން އުޅެމުން އައިސް އެކި މައްސަލަތަކާހެދި އާއިލާ ރޫޅި ދަރިން މައިންބަފައިންގެ ލޯބިން މަހުރޫމުވުމަކީ މި މުޖުތަމައުން ވަރަށް ގިނައިން ފެންނަ ކަމެކެވެ. އެކަމުގެ ސަބަބުން ބޮޑުވަމުން އަންނަ ދަރިފުޅަށް ވަރަށް ނުބައި އަސަރުތައް ކުރެއެވެ.

ދަރީން ކުރިމަތީގައި، ޒުވާބު ކޮށް އެކަކު އަނެކަކަށް އަނިޔާ ކުރުމަކީ އެކުދިން ނަފްސާނީ ގޮތުން ބަލިކަށި ކޮށްލާ ކަމެކެވެ. ބޮޑެތިވަމުން އަންނަ ދަރިންނަށް ދަސްވާނީ އެމީހުންގެ ކުރިމަތީގައި ހިނގަމުންދާ ކަންކަމެވެ. ވީމާ ދަރިންގެ ކުރިމަތީގައި މައިންބަފައިން ޒުވާބު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

މައިންބަފައިން ޒުވާބު ކޮށް އެކަކު އަނެކަކަށް އަނިޔާވެރި ވާ މަންޒަރު ފެނުމަކީ ދަރިންގެ މިޒާޖަށްވެސް ބަދަލުތަކެއް އައުމަށް މެދުވެރިވާ ސަބަބެކެވެ. އެގޮތުން މިކަމުގެ ސަބަބުން ކުއްޖާ މީހުންނާ ދުރުހެލިވެ، ކިޔެވުމާއި ދުރުވުމަކީވެސް ވެދާނެ ކަމެކެވެ.

ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް ވާނަމަ ދަރިންނަށް އެކަންތައް އަންގާނުލާ ހައްލު ކުރެވޭތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ސަބަބަކީ ދަރިން ކުރިމަތީގައި މައިންބަފައިން އެކަކު އަނެކަކަށް ރުޅި އައިސް އަޑުލާ ހަދާނަމަ ފޫ ނުބެއްދޭ ވަރުގެ އަސަރުތަކެއް ނަފްސާނީ ގޮތުން ދަރިންނަށް ކުރާނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން