އިންސާނާގެ ދިރިއުޅުމަކީ އެއްވެސް މީހަކަށް ލަފާކުރަން ނޭނގޭހައި އަޑިގުޑަންތަކާއި ކުއްލި ބަދަލުތަކުން ފުރިގެންވާ ދަތުރެކެވެ. ރޭގަނޑު ހަމަޖެހިލައިގެން ނިދަން އޮށޯންނަ ދުޅަހެޔޮ ހަށިގަނޑު، ފަތިހު ހޭލާއިރު އެއްވެސް ހަރަކާތެއް ނެތް ނިކަމެތި ހާލަތަކަށް ބަދަލުވެދާނެ ކަމީ ދުނިޔަވީ ހަގީގަތެކެވެ. މިފަދަ ބޮޑެތި އިމްތިހާނުތަކާ ކުރިމަތިލާން ޖެހުމުން، ގިނަ ފަހަރަށް އުންމީދުގެ ހުޅުކޮޅު ނިވި، މާޔޫސްކަމުގެ އަނދިރި ކަނޑަކަށް ގެނބިގެންދެއެވެ. ނަމަވެސް، ހިތުގައި އޮންނަ ވަރުގަދަ އަޒުމަކާއި ކެތްތެރިކަމަކީ، އެންމެ އަނދިރި ހާލަތުގައި ވެސް އާ ދިރުމެއް ހޯދައިދެވިދާނެ ބާރެކެވެ.
ކިޔައިދޭން މިއުޅެނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޒުވާނެއްކަމަށްވާ ކަމަށްވާ ލިއަމް ވާގޯ، "ދަ ގުޑް ނިވްސް ޕޯސްޓް"ގައި ހިއްސާކޮށްފައިވާ އޭނާގެ ހަޔާތުން ތަޖުރިބާ ކުރަންޖެހުނު ހިތްދަތި އަދި އަސަރުން ފުރިގެންވާ ދިގު ދަތުރުގެވާހަކައެވެ. މިއީ އަހަރެންމެންނަށް ނުހަނު ގިނަ އިބުރަތްތެރިވާހަކަތަކެއް ބުނެދޭ ހަގީގީ ދަތުރެކެވެ.
ޅަފުރާގެ އުފާވެރިކަމުގައި އުޅެނިކޮށް، ލިއަމް ވާގޯ އަށް ކުއްލިއަކަށް ކުރިމަތިވި ނާރުގެ ނާދިރު ބައްޔެއްގެ ސަބަބުން އަމިއްލަ ހަށިގަނޑުގެ ތެރޭގައި ހައްޔަރުވެ، އެތައް އަހަރެއް ވަންދެން އެނދުމަތިވާން ޖެހުނު ނަމަވެސް، އޭނާ ދުށް ހުވަފެންތަކަށް ފުރަގަހެއް ނުދިނެވެ. މިއީ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ މައްޗަށް އިންސާނީ ހިތްވަރާއި، އާއިލީ ލޯތްބާއި، އަދި މުޖުތަމައުގެ ހޭލުންތެރިކަމުގެ މުހިންމުކަން ހާމަކޮށްދޭ ފުރިހަމަ މިސާލެކެވެ.
(1) ޅަފަތުގެ އުފާވެރިކަމާއި ކުއްލި އަނދިރިކަން
މިއީ އިނގިރޭސިވިލާތަށް ނިސްބަތްވާ ލިއަމް ވާގޯ ނަމަކަށް ކިޔާ ޒުވާނެއްގެ ހަޔާތުގައި ދިމާވި ސިއްހީ ބޮޑު އިމްތިހާނަކާއި، އެ އިމްތިހާނުން އަރައިގަތުމަށް އޭނާ ކުރި ހިތްވަރުގަދަ ދަތުރުގެ އަސަރުގަދަ ވާހަކައެވެ. މިއަދު އޭނާގެ ފަރާތުން ފެންނަ ހިނިތުންވުމާއި އުންމީދުގެ ފަހަތުގައި ވަނީ ލޮލުން ކަރުނަ ފޮހެލަން ވެސް އަތް ހިއްލާނުލެވުނު އަނދިރި، ވޭންދެނިވި މާޒީއެކެވެ.
އުމުރުން އެންމެ 13 އަހަރާ ހަމައަށް، އެހެން ކުދިންނެކޭ އެއްފަދައިން ލިއަމް އަކީ ދުޅަހެޔޮ، ހަރަކާތްތެރި، އަދި ކުޅިވަރާއި ތައުލީމަށް ލޯބިކުރި އުފާވެރި ކުއްޖެކެވެ. ނަމަވެސް 2016 ވަނަ އަހަރު، އެ އުފާވެރި ދިރިއުޅުމުގެ މައްޗަށް ބޯ ކަޅު ވިލާގަނޑެއް ބައްދާލިއެވެ. ސިއްހީ ގޮތުން ކުރިމަތިވި ކުއްލި މައްސަލަތަކާއެކު، އޭނާގެ ވިސްނުމުގެ ބާރާއި ޖިސްމާނީ ދުޅަހެޔޮކަން ހަލުވިކަމާއެކު ދަށްވާން ފެށިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިބިނގާވެ އުޅުމުގެ ގާބިލުކަން ކެނޑި، ކޮންމެ ކަމަކަށް ވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވިއެވެ. ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކަންކަން ގޯސްވެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ އިހުތިޔާރުގެ ދަށުގައި ހުރި ހުރިހާ ބާރަކުން ލިއަމް މަހުރޫމުވިއެވެ.
ހާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުން، ރައްކާތެރިކަމަށްޓަކައި ސްކޫލުން ވަކިވާން މަޖުބޫރުވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގުމުގެ އިތުރުން ވާހަކަދެއްކުމުގެ ބާރު ވެސް މުޅިން ކެނޑިގެން ދިޔައެވެ. އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވި، ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ހާއްސަ ވޯޑެއްގައި ހަތަރު މަސް ހޭދަކުރަން ޖެހުނެވެ.
(2) ބައްޔަކީ ކޮބައިކަން ނޭނގުމުގެ ހިތްދަތިކަން
ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކަކީ ހަމައެކަނި ޖިސްމާނީ ވޭނެއް ނޫނެވެ؛ އެއީ ނަފްސާނީ ގޮތުން ވެސް އާއިލާއަށް ކުރިމަތިވި ބޮޑު ހާސްކަމެކެވެ. އެތައް ޓެސްޓުތަކަކާއި ސްކޭންތަކެއް ހެދި ނަމަވެސް، ޑޮކްޓަރުންނަށް ބަލި ދެނެގަންނަން އުނދަގޫވިއެވެ. އެކި ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ ދިރާސާތަކަށް ލިއަމްގެ ހާލަތު ރެކޯޑުކުރެވުނުއިރު ވެސް، ސިކުނޑިއާއި ނާރުތަކުގެ ސްކޭންތަކުން ފެންނަން ހުރީ އާދައިގެ ނަތީޖާތަކެކެވެ.
އެންމެ ފުރަތަމަ ޑޮކްޓަރުން ލަފާކުރީ މޮޓޯ ނިއުރޯން ޑިޒީޒް (އެމްއެންޑީ) ފަދަ ނުރައްކާތެރި ބައްޔެއް ކަމަށެވެ. އެހެން ނަމަވެސް، އެތައް މަހެއްގެ ދިރާސާއާއި އިންތިޒާރަށްފަހު، އެނގިގެން ދިޔައީ އޭނާ ތަހައްމަލު ކުރަމުންދަނީ "ފަންކްޝަނަލް ނިއުރޮލޮޖިކަލް ޑިޒޯޑަރ" (އެފްއެންޑީ) ކަމެވެ. މި ބައްޔަށް ވަކި ހާއްސަ ބޭހެއް ނެތުމުން، ބަލި ދެނެގަނެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ.
އެފް.އެން.ޑީ (FND) އަކީ ކޮބައި ހެއްޔެވެ؟
ޑޮކްޓަރުން ސިފަކުރާ ގޮތުގައި، އެފް.އެން.ޑީ އަކީ ސިކުނޑީގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބި، ސިކުނޑިން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވާ ސިގްނަލްތައް މަސައްކަތްކުރުމުގައި ދިމާވާ މައްސަލައެކެވެ. މިސާލަކަށް ކޮމްޕިއުޓަރެއްގެ ހާޑްވެއާ ރަނގަޅަށް ހުރެމެ، ސޮފްޓްވެއާގައި މައްސަލަ ޖެހުމުން މަސައްކަތް ހުއްޓޭ ފަދަ ކަމެކެވެ. މިއީ ސިކުނޑިއާއި ހަށިގަނޑާ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ކެނޑުމެވެ. މި ބަލީގެ ސަބަބުން ވާގިނެތުމާއި، ވާހަކަ ނުދެއްކުމާއި، ހަށިގަނޑު ތުރުތުރުއެޅުމާއި، ހޭނެތުން ފަދަ އެތައް އަލާމާތްތަކެއް ފެނެއެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ ހަމައެކަނި "ހިތަށް އަރާ އެއްޗެއް" ނޫނެވެ؛ މިއީ ސިއްހީ ގޮތުން ދިމާވާ ވަރަށް ހަގީގީ، އަދި އެހާމެ އުނދަގޫ ހާލަތެކެވެ.
(3) މުޖުތަމައުގެ ނަޒަރިއްޔާތާއި އަމިއްލަ ހަށިގަނޑުގައި ހައްޔަރުވުން
ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ފުރޮޅުލީ ގޮނޑިއާއި، ހާއްސަ އެނދު ފަދަ ވަސީލަތްތައް ލިބުނު ނަމަވެސް، ބަލީގެ ހަގީގަތް ނޭނގޭ މީހުންގެ ފަރާތުން ލިބުނު ބަސްތަކަކީ ލިއަމްއަށް ލިބުނު ބޮޑު އަނިޔާއަކަށް ވިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ސްކޫލްތަކަށް ހާޒިރުވި ނަމަވެސް، ބައެއް މުވައްޒަފުން ގަބޫލުކުރީ އެއީ ނަފްސާނީ ކަމެއް ކަމަށެވެ. "މިއީ ހުސް އޭނާގެ ހިތަށް އަރާ އެއްޗެހި" ކަމަށް ބުނެ ސިއްރުން ވާހަކަދައްކާ އަޑު ލިއަމްއަށް އިވެއެވެ. އޭރު ވާހަކަ ނުދެއްކޭ ހާލަތުގައި އޮތުމުން، އަމިއްލަ ނަފްސުގެ ދިފާއުގައި ބަހެއް ބުނެލުމުގެ ފުރުސަތެއް ވެސް އޭނާއަކަށް ނެތެވެ.
ހާލަތު އިތުރަށް ގޯސްވެ، މަސްތަކުގެ ބާރު ކެނޑި، "ކެޓަޓޯނިއާ" އަދި "ޑިސްޓޯނިއާ" ފަދަ ނާރުގެ އިތުރު މައްސަލަތައް ކުރިމަތިވިއެވެ. މުޅި ހަށިގަނޑު ހަރުއަށިވެ، ބުރަކަށި ސީދާ ނުކުރެވޭ ހިސާބަށް ދިޔައެވެ. ޖެހިޖެހިގެން ތިން އަހަރު ދުވަސް ލިއަމް ހޭދަކުރަން ޖެހުނީ އެނދުމަތީގައެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ މަސައްކަތް ހުއްޓިފައިވާ ހަށިގަނޑެއްގެ ތެރޭގައި ހޭލާ ހުރުން ކަހަލަ ބިރުވެރި ތަޖުރިބާއެކެވެ. ފެންފޮދެއް ބޯލުމާއި ފާހާނާއަށް ދިއުމަށް ވެސް 24 ގަޑިއިރު ބަރޯސާވާން ޖެހުނީ އެހެން މީހުންނަށެވެ.
(4) އަޅާލުމުގެ ބާރާއި ޑޮކްޓަރުންގެ އިރުޝާދު
މިފަދަ ހާލަތްތަކުގައި ބަލިމީހާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އާއިލާއާއި، އެކުވެރިން އަދި އަވަށްޓެރިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމެވެ. އިސްލާމްދީނުގައި ވެސް ބަލިމީހުންގެ ހާލުބަލައި، އެމީހުންނަށް ޒިޔާރަތްކޮށް، ހިތްވަރު ދިނުމަކީ ނުހަނު މާތް ސަވާބު ލިބޭ ކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ބަލިމީހާ ބާކީކޮށްނުލައި، އެމީހާއަށް ހެޔޮ ދުއާކޮށްދިނުމަކީ ޝިފާ ލިބުމަށް ލިބޭ އެންމެ ބޮޑު ނަފްސާނީ ހިތްހަމަޖެހުމެވެ.
ލިއަމްގެ ފަރުވާގައި އެކި ދާއިރާތަކުން 20 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، ފިޒިއޮތެރަޕިސްޓުން އަދި ސްޕީޗް ތެރަޕިސްޓުން ބައިވެރިވިއެވެ. އެ މާހިރުން ދެއްވި އެންމެ މުހިންމު އިރުޝާދުތަކަކީ:
ކެތްތެރިކަމާއެކު ކުދިކުދި ކުރިއެރުންތައް ބަލައިގަތުން: އެއްފަހަރާ ބޮޑެތި ބަދަލުތަކަށް އުންމީދު ނުކޮށް، އިނގިއްޔެއް ހަރަކާތްކޮށްލުން ފަދަ ކުޑަ ކުރިއެރުމަކަށް ވެސް ހިތްވަރުދިނުން.
ނަފްސާނީ ހިތްވަރު ވަރުގަދަކުރުން: ބައްޔަކީ އަމިއްލަ ނަފްސު މުޅިން ނިކަމެތިކޮށްލާ ކަމެއްގެ ގޮތުގައި ނުދެކި، ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ދެމެހެއްޓުން.
މުޖުތަމައުގެ ހޭލުންތެރިކަން: އެފް.އެން.ޑީ ފަދަ ބޭރުފުށުން ފަސޭހައިން ފާހަގަނުވާ ނުކުޅެދުންތެރިކަން ތަހައްމަލުކުރާ މީހުންނަށް އިހާނެތި ބަސްތައް ނުބުނެ، އެމީހުންގެ އިހުސާސްތައް ދެނެގަނެ އަޅާލުން ދިނުން.
(5) ހުވަފެންތަކުގެ ބާރު އަދި ކާމިޔާބީގެ ފިޔަވަޅުތައް
އެނދުމަތިވެފައި އޮތް އެންމެ ދަތި ވަގުތުތަކުގައި ވެސް، ލިއަމް ހުވަފެން ދުށުން ހުއްޓައެއް ނުލައެވެ. ލަންޑަނަށް ދިއުމާއި، އިނގިރޭސިވިލާތުގެ މަޝްހޫރު ޓީވީ ޕްރޮގްރާމެއް ކަމަށްވާ "ލޫސް ވުމަން" ގެ ބައިވެރިންނާ ބައްދަލުކުރުމަކީ އޭނާގެ ހިތުގައި ދިރިހުރި އެންމެ ބޮޑު އުންމީދެވެ. އޭރުގެ ސިއްހީ ހާލަތުން އެއީ ކުރެވިދާނެ ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. ނަމަވެސް، ޑޮކްޓަރުން އޭނާގެ ހިތްވަރު އާލާކުރުމަށްޓަކައި ހާއްސަ ޕޮއިންޓް ޗާޓެއް ތައްޔާރުކޮށްދިނެވެ. އަތުގެ އިނގިއްޔެއް ނުވަތަ އަތް ތަޅުވާލެވުނަސް ޕޮއިންޓެއް ލިބެއެވެ. އެއީ އޭނާގެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެޅުނު ކުދިކުދި، އެކަމަކު ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.
ތިން އަހަރުގެ ދިގު، ކެތްތެރި މަސައްކަތަށްފަހު، އެފް.އެން.ޑީ ގެ އަލާމާތްތައް މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ހަށިގަނޑުގެ ހަރުކަން ކެނޑި، އަތް ހަރަކާތްކުރަން އަލުން ދަސްވިއެވެ. އެއް އަހަރު ދުވަހު އަޑުބެދިފައި އޮތުމަށްފަހު، ސްޕީޗް ތެރަޕީގެ އެހީގައި އަނބުރާ ވާހަކަދެއްކުމުގެ އަޑު ލިބުނެވެ. ފުރަތަމަކޮޅު މައިންބަފައިން ފިޔަވައި އެހެން މީހުންނާ ވާހަކަ ނުދެއްކޭ "ސެލެކްޓިވް މިއުޓިޒަމް" ގެ ހާލަތު މެދުވެރިވި ނަމަވެސް، މަދު މަސްތަކެއްގެ ތެރޭގައި އެކަން ވެސް ރަނގަޅުވެ، އެންމެންނާ މުއާމަލާތު ކުރެވޭ ގޮތް ވިއެވެ.
ދެން ފެށުނީ އަލުން އިށީނދެ އިނުމުގެ ބުރަ ތަމްރީނެވެ. އެއް ދުވަހަކު ހެނދުނު ހޭލިއިރު ބުރަކަށީގެ ހަރުކަން ކެނޑިފައިވާ ކަމުގެ އިހުސާސް ކުރެވި، ހާއްސަ ގޮނޑިއެއްގައި އިށީނދެ ބޯ ކުޑަކޮށް ހިއްލާލެވުނެވެ. އެއަށްފަހު ކޮންމެ ދުވަހަކު 10 މިނެޓު ވަންދެން ގޮނޑީގައި އިށީނދެ އިނުމުގެ ތަމްރީނު ހެދިއެވެ. ކުރިން އެންމެ ސިކުންތަކަށް ވެސް އިށީނދެ ނީނދެވޭ މީހަކަށް، މިއީ ފަރުބަދައެއް ފަދަ ބޮޑު ކާމިޔާބީއެކެވެ. މަސްތަކެއްގެ ބުރަ މަސައްކަތަށްފަހު، އަމިއްލައަށް ސީދާވެ އިށީނދެ އިނުމުގެ ކުޅަދާނަކަން ލިއަމްއަށް އަލުން ލިބުނެވެ.
(6) އާ ފެށުމެއް: މިނިވަންކަމުގެ ރަހަ
ހާލަތަށް އައި ކުރިއެރުމާއެކު، އާ ފުރޮޅުލީ ގޮނޑިއެއް ލިބި، އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ނުކުމެވުނު ދުވަހަކީ ލިއަމްގެ ހަޔާތުގައި އައު ބާބެއް ފެށުނު ދުވަހެކެވެ. އެއީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ކުރި ކުރު ދަތުރަކަށް ވިޔަސް، އޭނާއަށް އިހުސާސް ކުރެވުނީ މުޅިން އާ ދުނިޔެއަކަށް ނޭވާލެވުނު ކަމަށެވެ. އެނދުމަތީގެ ހަތަރުފާރުގެ އެކަހެރިކަމުން ބޭރުވެ، މިނިވަންކަމުގެ ފޮނިމީރުކަން އޭނާއަށް ލިބުނެވެ.
ހިތްވަރާއި ނުގުޑާ އަޒުމުގެ ނަތީޖާ ވަރަށް ފޮންޏެވެ. ލިއަމް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި، ލަންޑަނަށް ދަތުރުކޮށް، އޭނާ އެންމެ ބައްދަލުކުރަން ބޭނުންވި ޝޯގެ 15 ބައިވެރިންނާ ބައްދަލުކުރިއެވެ. އެ މީހުންނާ ބައްދަލުވުމުން، ކޮންމެ ފަދަ ހާލަތެއްގައި ވެސް ބޮޑެތި ހުވަފެންތައް ދެކުމަށާއި، ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ކަމަކީވެސް ހާސިލުކުރެވިދާނެ ކަމެއްކަން އޭނާއަށް ގަބޫލުކުރެވުނެވެ. މިއަދު އޭނާގެ ދެން އޮތް ބޮޑު އަމާޒަކީ ސައިޕްރަސްއަށް ދަތުރުކުރުމެވެ.
މި ބަލީގެ ތެރޭގައި 10 އަހަރު ހޭދަވެފައިވާއިރު، މިއަދު އޭނާ ފަހުރުވެރިކަމާއެކު ބުނަނީ އަލުން ހިނގަން ދަސްކުރަމުންދާ ކަމަށެވެ. އަދި އޭނާގެ އަޑު އަނބުރާ ލިބުމުން، މިއަދު އެ އަޑު ބޭނުންކުރަމުން ދަނީ އެފް.އެން.ޑީ ފަދަ ނާރުގެ ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމަށެވެ. ލިއަމް ގަބޫލުކުރާ ގޮތުގައި، އޭނާއަށް ޖެހިފައިވާ ބައްޔަކީ އޭނާގެ މުޅި ޝަހުސިއްޔަތު ނިންމާ ކަމެއް ނޫނެވެ.

ލިއަމް ވާގޯ: އޭނާގެ ވާހަކައިން ބުނެދެނީ ނާއުންމީދީ ހާލަތްތަކުގައި ވެސް އުއްމީދުކަނޑާނުލައި ސާބިތުކަމާއި ކެތްތެރިކަން އިސްކުރުމަށް
(7) ދިވެހި މުޖުތަމައަށް އިބުރަތްތެރި ފިލާވަޅެއް
ލިއަމް ވާގޯގެ މި ހަގީގީ ދިރިއުޅުމުގެ ވާހަކައަކީ، ބޭރު ދުނިޔޭގެ ޒުވާނެއްގެ ތަޖުރިބާއަކަށް ވިޔަސް، މިއިން އަޅުގަނޑުމެންގެ ދިވެހި މުސްލިމް މުޖުތަމައަށް ލިބިގަންނަންވީ ނުހަނު މުހިންމު އިސްލާމީ އަދި އިންސާނީ ފިލާވަޅުތަކެއް ވެއެވެ:
ފުރަތަމަކަމަކީ، ފެންނަ ފެނުމަށް ބަލައި މީހުންނާ މެދު ނުބައި ގޮތްގޮތަށް ހީކުރުމާއި ހިތްދަތި ބަސްތައް ބުނުމުން ދުރުހެލިވުމެވެ. އެފް.އެން.ޑީ ފަދަ ބަލިތަކަކީ ބޭރުފުށުން ފާހަގަނުވި ނަމަވެސް، އިންސާނާ ނިކަމެތިކޮށްލާ ބޮޑެތި ވޭންތަކެކެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދެނީ އަނެކާއަށް ހެޔޮ ބަސް ބުނުމަށާއި، ހިތްދަތިކަން ލިބޭނެ ފަދަ ވާހަކަތަކުން ދޫ ރައްކާތެރިކުރުމަށެވެ. މީހަކު ތަހައްމަލުކުރާ ވޭނަކީ "ހިތަށް އަރާ އެއްޗެއް" ކަމަށް ބުނެ ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުގެ އިހުސާސްތައް ދަނެގަނެ، ހަމްދަރުދީ އިސްކުރަން ޖެހެއެވެ.
ދެވަނަކަމަކީ، ބަލިމީހުންނަށް އަޅާލުމުގައި އާއިލާއާއި އަވަށްޓެރިންގެ މުހިންމު ދައުރެވެ. އިސްލާމީ ރިވެތި އާދަތަކުގެ ތެރެއިން ބަލިމީހުންގެ ހާލުބަލައި، އެމީހުންނަށް ޒިޔާރަތްކޮށް، ހެޔޮ ދުއާކުރުމަކީ މުޖުތަމައުގައި އެކަކު އަނެކަކަށް އޮންނަ ލޯތްބާއި ކުލުނު އިތުރުކޮށްދޭ ކަމެކެވެ. ދިގުމުއްދަތަކަށް އެނދުމަތިވެފައިވާ ބަލިމީހަކަށް އެންމެ ބޮޑު ނަފްސާނީ ހިތްހަމަޖެހުމެއް ލިބެނީ ގާތްތިމާގެ މީހުންނާއި އަވަށްޓެރިން އޭނާ ބާކީނުކޮށް، އަޅާލާ މިންވަރުންނެވެ.
ތިންވަނަކަމަކީ، ކޮންމެ ހާލަތެއްގައި ވެސް މާތްﷲ ގެ ރަހުމަތުން އުންމީދު ކަނޑައިނުލުމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ބަލިމަޑުކަމާއި ތަކުލީފުތަކަކީ އިމްތިހާނުތަކެކެވެ. އެ އިމްތިހާނުތަކަށް ކެތްތެރިވެ، ޑޮކްޓަރުންގެ ލަފަޔާއެކު ސަބަބުތަކުގައި ހިފައި، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، އަނދިރިކަމަށްފަހު އަލިކަން އަންނާނެކަން މި ވާހަކައިން ސާބިތުވެއެވެ.
ލިއަމްގެ މި ހިތްވަރުގަދަ ދަތުރަކީ، ދިރިއުޅުމުގެ އުނދަގޫ އިމްތިހާނުތަކާ ކުރިމަތިލާން ޖެހިފައިވާ ކޮންމެ މީހަކަށް ވެސް ހިތްވަރު ލިބިދޭނޭ، ނުހަނު އަސަރުގަދަ އަދި އެހާމެ އިބުރަތްތެރި މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު