ރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ގެނައި ދިވެއްސެއް ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮއްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކީ ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެމައްސަލައިގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މަސްތުވާތަކެތި އެތެރެ ކުރި މި މައްސަލައިގައި ފިރިހެން މީހާ ބަންދު ކުރުމަށް ކުރި އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ފުލުހުން ވަނީ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ހިންގި އޮޕަރޭޝަނުގައި، އެ ފޮށިގަނޑު ބަލައި ދިޔަ ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެ ފޮށިގަނޑު ބަލައި ދިޔަ މީހާގެ އެހީތެރިކަމާއި އެކު ހިންގި ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާ ހަވާލުވާން އައިސްފައި ވަނީ އޭނާ ކަމަށާއި އެދެމީހުންގެ ދެމެދުގައި ފޮށިގަނޑު ބަލައިއައުމަށް މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް ސީނުގައި ތިބި ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ނަމަ އޭނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖުސްޕެޓީ ކޮތަޅެއް ވެސް ވަނީ ފެނިފައެވެ. އަދި އޭގެ އިތުރުން ވެސް އޭނާގެ ކުޑަކަމުދާ ތަކެތި ޓީއެޗްސީއަށް ފައްސިވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް އޭނާގެ ފޯނުގެ މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓުން މަސްތުވާތަކެތި ހުރި ޕެކޭޖުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އޭނާ ގުޅާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު