ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެލްޖީއޭއިން ހުޅުވާލައިފައިވަނީ އެ އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރު ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރުމަށެވެ.
އެލްޖީއޭއިން ބުނީ އެ އިންތިހާބު އޮންނާނީ މިމަހުގެ 24 ވާ ބުދަ ދުވަހު ކަމަށެވެ.
އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް ހުޅުވާލައިފައިވާ ކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.
އެ އިންތިހާބުގައި ވާދަކުރެވޭނީ ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެ، ހުވައިކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުންނަށެވެ.
"އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާނު ކުރެވޭނެއެވެ. ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 27 ވާ ހޮނިހިރު ދުވަހުގައެވެ." އެލްޖީއޭއިން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު