ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް
ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް
ކޮންމެ އިންސާނެއްގެ ދިިރިއުޅުމުގައިވެސް އެންމެ މުހިންމު ރޯލެއް އަދާ ކުރާނީ ވަގުތެވެ. އެއީ ދިރިއުޅުމުގައި އެންމެ އަގުހުރި އެއްޗެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ދިރިއުޅުމުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތައް ރަގަޅަށް ބޭނުން ކުރަން އެނގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

އިންސާނާގެ ދިރިއުޅުމުގައި ފާއިތުވަމުންދާ ވަގުތުތަކާއި ދުވަސްތަކަކީ އަނބުރާލިބޭނެ އަންނާނެ އެއްޗެއް ނޫންކަން ދަނެ ވަގުތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ އެމީހެއްގެ ދިރިއުޅުން ބާއްޖަވެރިކަން މަތީ ދެމެހެއްޓުމަށް އެންމެ މުހިއްމު ކަންތަކެވެ.

ސްކޫލު ދައުރުގައި ކޮންމެ ކުއްޖަކުވެސް ކުރަން ޖެހޭ ކަންތައްތައް ވަރަށް ގިނަ ވާނެއެވެ. ދުވަހެއްގަ 24 ގަޑި އިރު އޮންނައިރު އެ ވަގުތުތައް ބަހާލަން ޖެހޭ ކަންތައްތައްވެސް ގިނަވާނެއެވެ. ސްކޫލު ކުދިންނަށް އެކުދިންގެ ވަގުތު ރަނގަޅަށް މެނޭޖު ކުރަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްކޫލު ކުދިން އެކުދިންގެ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

- އަވަހަށް ހޭލުން

ކޮންމެ ދުވަހަކުވެސް އަވަހަށް ތެދުވަން އާދަކުރުމަކީ ދަރިވަރުންނަށް އެކުދިންގެ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ކުރެވިދާނެ ކަމެކެވެ. ފަތިހާ ހޭލައިގެން ފަތިސް ނަމާދު ކޮށްގެން ދުވަސް ފަށާނަމަ މުޅި ދުވަހު ކުއްޖާގެ މޫޑު ހުންނާނީ ވަރަށް ރަނގަޅަށެވެ. މީގެ އިތުރުން އަވަހަށް ހޭލުމުން ދުވަހުގެ ފެށުން އަވަސްވެއެވެ. އަދި ކުއްޖާއަށް އޭނާ ބޭނުން ކަންތައްތައް ކުރުމަށް އިތުރު ވަގުތު ލިބިގެން ދެއެވެ. އަދި ހެނދުނު ސިއްހަތަށް ފައިދާހުރި ނާސްތާއެއް ތައްޔާރުކޮށް ކެއުމަށްވެސް ވަގުތު އޮވެއެވެ. މީގެ އިތުރުން ހެނދުނު ސްކޫލަށް ދާނަމަ ސްކޫލަށް ދިއުމުގެ ކުރިން ރަނގަޅަށް ސައި ބޮއެ ރަނގަޅަށް ތައްޔާރުވެލުމަށް އަވަހަށް ހޭލާނަމަ ވަގުތު އޮންނާނެއެވެ.

- ފެންބުއިން

ހެނދުނު ހޭލުމަށްފަހު ގިނައިން ފެން ބުއިމަކީވެސް ކޮންމެ ކުއްޖެއްގެވެސް ދުވަސް ރަނގަޅަށް ފެށުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ފެން ތައްޓެއް ބުއިމަކީ ހަށިގަނޑުގައި ހިނގާ މެޓަބޮލިކް ޕްރޮސެސްތައް ފަށައިގަތުމަށް އެހީވެދޭ ކަމެކެވެ. މީގެ އިތުރުން ފެން ބުއިމަކީ ކުއްޖާ ރަނގަޅަށް ނިދިން ހޭލައްވަދޭ ކަމެއްވެސް މެއެވެ. ރަނގަޅަށް ފެން ބޮއެގެން ހުންނަ ނަމަ މުޅިދުވަހު ކުއްޖާގެ މޫޑު ރަނގަޅުވެފައި ފޯކަސް ރަނގަޅުވާނެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުވަހުގައި ކުރަންޖެހޭ ކަންތައްތައްވެސް ރަނގަޅަށް ކުރަން ފަސޭހަވެއެވެ.

- ދުރާލާ ކުރަންހުރި ކަންތައް ތާވަލްކުރުން

ކުރަންޖެހޭ ކަންތައްތައް ކުރިއާލާ ރޭވުމަކީވެސް ދަރިވަރުން އެމީހުންގެ ވަގުތު އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން ބޭނުންނަމަ ކުރެވިދާނެ ކަމަކެެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންތައްތައް ލިޔެ ޓުޑޫ ލިސްޓެއް ތައްޔާރު ކުރެވިދާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ތިމާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއަށް ވާސިލު ވުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. މިގޮތަށް ކުރީބައިގައި ކަންތައް ރާވާ ނަމަ ސްކޫލުން ހަވާލުކުރާ މަސައްކަތްތައްވެސް ގަޑިއަށް ނިންމައި ހަވާލު ކުރުމަށް ފަސޭހަވެއެވެ.

- ހެލިފެލިވެ އުޅުން

ހެނދުނު ހެލިފެލިވެ އުޅުމަކީވެސް ވަގުތުގެ ބޭނުން ރަނގަޅަށް ހިފުމަށް ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ކޮންމެވެސް ވަރަކަށް ހެލިފެލިވެ އުޅުމަކީ ހަށިގަނޑުގައި ލޭ ދައުރުވާގޮތް ރަނގަޅުކޮށްދީ މީހާގެ ކޮގްނިޓިވް މަސައްކަތްތައް ރަނގަޅުކޮށްދޭ ކަމެކެވެ. ހެނދުނު ހޭލުމަށްފަހު ސްކޫލަށް ދިއުމުގެ ކުރިން ކޮޑަކުޑަކޮށް ހިނގާލުން ނުވަތަ 10 މިނެޓު ވަންދެން ކަސްރަތު ކުރުމަކީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރުން ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކުރާނަމަ ކްލާހުގައި ހުންނައިރު ސަމާލުކަން ދެވޭ މިންވަރު އިތުރުވެ، ކަންތައްތައް ހަނދާން ހުންނަ މިންވަރު އިތުރު ވެގެން ދެއެވެ.

- އަވަހަށް ނިދުން

ކިޔަވާދަރިވަރުން ހެނދު ސްކޫލަށްދާނަމަ އެންމެ ލަސްވެގެން ރޭގަނޑު 10 ޖަހާއިރު ނިދަން އާދަކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ދުވަސް ހެޔޮގޮތުގައި ފަށައިގަތުމަށް ފަތިސްނަމާދު ޖަމާއަތުގައި ކުރުން އެއީ ކުޑަކުއްޖަކަސް އަދި ބޮޑުމީހަކަސް ކުރަންޖެހޭ ވާޖިބު އަޅުކަމަކަށް ވާއިރު ނިދިހަމަކޮށް، ފަތިސްނަމާދުގަޑިއަށް ހޭލެވޭނީ އަވަހަށް ނިދުމުންނެވެ. ވަކިން ހާއްސަކޮށް އެންމެ ހެނދުނާ ސްކޫލަށްދާ ކުއްޖެއްނަމަ ފަތިސް ނަމާދު ވަގުތަށްފަހު ސްކޫލަދާން ތައްޔާރުވުމާއި ދޭމެދު އިތުރަށް ނިދާލާނެ ވަގުތެއްވެސް ނޯންނާނެއެވެ. އަވަހަށް ނިދަން ޖެހެނީ މިސަބަބާހުރެއެވެ.

މި ކަންތައްތަކަކީ ކޮންމެ ކުއްޖަކަށްވެސް ދުވަސް ފަށާއިރު ކުރެވިދާނެ ކަންކަމެވެ. އަދި މިކަންތައް ކުރާނަމަ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެއެވެ. އަދި ހަމަ އެހެންމެ ކުއްޖާއަށް އެކި ކަންކަމުގައި ކާމިޔާބީއާ ހަމައަށް ވާސިލު ވުމަށްވެސް ފަސޭހަ ވާނެއެވެ. ވީމާ ކޮންމެ ކުއްޖަކުވެސް ކޮންމެ ދުވަހެއްގައިވެސް މިދެންނެވުނު ކަންތައްތަކަށް ސަމާލުކަންދީ ތަރުތީބުކޮށް ގެންދާނަމަ އެކުދީން ވެގެންދާނީ ކާމިޔާބު އަދި އުފާވެރި ކުދިބަޔަކަށެވެ. ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން