ޕޮޕް ލަވައިގެ ރަސްގެފާނު، އެމެރިކާގެ އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރީ އަދި ނެށުންތެރިޔާ މައިކަލް ޖެކްސަން އޭނާގެ ހަންގަނޑު ބްލީޗް ކުރި ވާހަކަ އަކީ އަސްލެއް ނޫންކަން މިހާރުގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް ދާދިފަހަކާޖެހެންދެންވެސް ގިނަ ބަޔަކު ހީކުރީ އަދި އަޑު ފެތުރިފައި އޮތީވެސް މައިކަލް ޖެކްސަން އޭނާގެ ހަންގަނޑު ބްލީޗް ކުރީކަމަށާއި އޭނާ އެކަން ކުރީ ހުދުވާން ބޭނުންވާތީ ކަމަށެވެ.
ޖެކްސަންގެ ހަންގަނޑު ބްލީޗް ކުރީ ނޫންކަން ހާމަވާ އެއް ހެއްކަކީ އޭނާގެ ހަންގަނޑުން ފެންނަމުން އައި ނިޝާންތަކެވެ. އަދި މިހާރުގެ ސައިންސުގެ އަލީގައި ހަންގަނޑަށް ދިމާވާ ބަލިތައް ދެނެގަނެވިފައިވާއިރު މައިކަލްގެ ހަމަށްވެސް ދިމާވީ ޑޮކްޓަރުންނަށް އެނގޭ "ވިޓިލިގޯ" ކިޔާ ހަމުގެ ބައްޔެވެ. އަދި މިބަލިއަކީ މިހާރު ގިނަ ބަޔަކަށް އެނގޭ އާންމު ބައްޔެކެވެ.
ވިޓިލިގޯ ބައްޔަކީ ހަމުގެ ކުލައާއި ޕިގްމެންޓް ޕެޗްތަކެއްގެ ގޮތުގައި ގެއްލޭ ބައްޔެކެވެ. އާންމުކޮށް ކުލަ ބަދަލުވާ ސަރަހައްދުތައް ދުވަސްވާ ވަރަކަށް ހަންގަނޑަށް ފެތުރި ބޮޑުވެއެވެ.
މައިކަލް ބޭނުންކުރީ ވިޓިލިގޯ ބަލިމީހުންނަށް ހަމުގެ ކުލަ ހަމަހަމަ ކުރުމަށް ޑޮކްޓަރު ދީފައިވާ ކްރީމެއް ކަމަށްވާ ބެނޮކިން އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތާ ހިލާފަށް ބެނޮކިން އަކީ ކޮސްމެޓިކް ބްލީޗިން ކްރީމެއް ނޫނެވެ. އަދި މިއީ ހަންގަނޑުގައި ވިޓިލިގޯ ނެތި ބޭނުން ނުކުރެވޭނެ ބޭހެކެވެ.
ވިޓިލިގޯ އަކީ ބައެއް ފަހަރު ޖެނެޓިކްގެ ސަބަބުންވެސް ޖެހިދާނެ ބައްޔެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މައިކަލް ޖެކްސަންގެ އާއިލަަގައި ވެސް މި ބަލި ޖެހިފައިވާ މީހުން ތިބެއެވެ. އެގޮތުން އޭނާގެ ކާފަ އާއި އޭނާގެ ބޭބެ ޖަރމައިން އަކީވެސް މި ބަލި ތަހައްމަލް ކުރަމުންދާ ދެމީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު