ކަސްޓަމްސް އިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ މިޔަރު އުރަހަ
ކަސްޓަމްސް އިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ މިޔަރު އުރަހަ
މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ 18 ވަނަ ދުވަހު މިޙުކުމް ކޮށްފައިވަނީ ސްރީ ލަންކާގެ މީހެއްގެ މައްޗަށެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފްވެފައެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަތަކެއް ފެނުނު މައްސަލައިގައެވެ.

އޭނާގެ ކުށަށް އިއުތިރާފްވެފައި ވާތީ ކްރިމިނަލް ކޯޓުން ވަނީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެފައިސާ 1 މަސްދުވަސް ތެރޭގައި ދެއްކުމަށްވެސް ކޯޓުގެ ޙުކުމްގައި ވެއެވެ.

ކަސްޓަމްސްގެ ޤާނޫނުގައި މިޔަރު އުރަހަ ބޭރުކުރާ މީހުންނަށް ކަނޑައަޅާފައި އޮތީ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000 ރުފިޔާ އާއި 240،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ. އޭގެ ކުރިން 1995 ގައި މިޔަރު ހިފުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަނާކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން