އުތުރު ފިނިމޫސުމާއި ދިމާކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާރލައިން އެއާރ އަރޭބިއާގެ ރަސްމީ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޮކްޓޯބަރު މަހުގެ 27 ވަނަދުވަހު އެއާރ އަރޭބިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ321 މަރުކާގެ މަތިންދާ ބޯޓެވެ.
ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ މި ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށައިފައިވާ ކަމަށާއި ރާއްޖެއަށް ހަފްތާއަކު 7 ދަތުރު ކުރާނެ ކަމަށް އެއާރ އަރޭބިއާއިން ބުނެއެވެ. އެއާރ އަރޭބިއާގެ މި ދަތުރުތައް ރާއްޖެއަށް ކުރަނީ ޔޫއޭއީގެ ޝާރުޖާ އިން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށެވެ.
2003 ވަނަ އަހަރު އޮޕަރޭޝަންތައް ފެށި އެއާރ އަރޭބިއާގެ ފްލީޓްގައި އެއަރބަސް މަރުކާގެ 58 މަތިންދާބޯޓު އޮވެއެވެ. މި އެއާރލައިނުން ދުނިޔޭގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.
އެއާރ އަރޭބިއާއަކީ މެދު އިރުމަތީގެ އެންމެ ބޮޑު ބަޖެޓް އެއާރލައިންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން މި އެއާރލައިންގެ ދަތުރުތައް ވެސް ރާއްޖެއަށް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު