ބަދުއަޚުލާގީ އަމަލުތައް ތަކުރާރުވަމުންދާތީ ޓީޗަރަކު ވަކިކުރަން ގޮވާލައި ނައިފަރު ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ނައިފަރުގެ ބެެލެނިވެރިއަކު "ރަސް"އަށް މައުލޫމާތު ދިން ގޮތުގައި ބަދުއަޚުލާގީ އަމަލުތައް ތަކުރާރުކޮށް ފެންނަމުންދަނީ ނައިފަރު މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ކިބައިން ކަމަށެވެ.

އެގޮތުން ކުރިންވެސް އެ ޓީޗަރުގެ ކިބައިން އެފަދަ މައްސަލައެއް ފާހަގަވެގެން ސަސްޕެންޑްކުރި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

އެހެން އެކަން ހިނގާފައި ވަނިކޮށް ދެވަނަ ފަހަރަށް ސްކޫލަށް ނެރުމުން ވެސް އަނެއްކާވެސް އެެކަން ޓީޗަރުގެ ކިބައިން ތަކުރާރުވަމުންދާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

އެހެންވެ އެފަދަ ޓީޗަރަކާހުރެ ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ބެލެނިވެރިން ދަނީ އިހުތިޖާޖުކުރަމުން ނެވެ.

އެ މައްސަލައިގައި ތަކުރާރުކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުންވެސް ބަހެއް ނުލިބެ އެވެ.

ހަމަ އެހެންމެ ނައިފަރު ސްކޫލުގެ ފަރާތުން ވެސް ބަހެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން