ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ސްކީމަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ ސަރުކާރުގެ ފުރަތަމަ 156 ހަފްތާގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ހާއްސަ ފޮތުގައެވެ. މި ފޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަތީ ތަޢުލީމީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
އެ ފޮތުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މަތީ ތަޢުލީމުގެ އެހެނިހެން ސްކީމްތަކަށް ވެސް ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސްކޮލަރޝިޕްތަކަށް 670 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ސްކީމަށް 399 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެއިތުރުން، ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ސްކީމްތަކުގެ ތެރެއިން 11،161 ދަރިވަރަކަށް އަލުން ފުރުސަތު ތަނަވަސްކޮށްދީފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ދެ ޔުނިވަރސިޓީގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެ ފޮތުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޚިދުމަތް ސިޓީތަކަށާއި ރަށްރަށަށް ފުޅާކުރުމަށް 25 މަޝްރޫއެއް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 12 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށް، 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ. އަދި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތައް ރަށްރަށުގައި ޤާއިމުކުރުމަށް ރޭވުނު 13 މަޝްރޫއުގެ ތެރެއިން 11 މަޝްރޫއެއްގައި ސޮއިކުރެވި، 7 މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސްގެ ފޮތުގައިވެއެވެ. މި ދެ ޔުނިވަރސިޓީން މުޅިން އަލަށް 11 ދާއިރާއަކުން 38 ޕްރޮގްރާމެއް ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، ރާއްޖޭގައި ތިބެގެން ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން މިވަގުތު ވެސް 90 ދަރިވަރުން ޔުނިވަރސިޓީ މަރުޙަލާގައި ޑޮކްޓްރޭޓް ފެންވަރަށް ތަޢުލީމު ހާސިލްކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ހަމައެއާއެކު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން 1532 ދަރިވަރުން މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްވެނިވެފައިވާއިރު، ރާއްޖޭގެ 13 ރަށެއްގައި ހުނަރާއި މަސައްކަތް ދަސްކޮށްދޭ މަރުކަޒުތަކާއި ދަނާލުތައް އެޅުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.
ޢިލްމީ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވުނު ޤައުމީ ރިސާޗް ފަންޑުގެ ދަށުން، މިހާތަނަށް 31 ފަރާތަކަށް ޖުމްލަ 4.5 މިލިއަން ރުފިޔާގެ އެހީ ދޫކޮށްފައިވާ ކަމަށާއި، މިއީ ޤައުމަށް ބޭނުންތެރި ދިރާސާތައް ކުރުމަށް ދާއިމީ ފަންޑެއް ޤާއިމުކުރުމަށް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު