ދަރިވަރުން ސްކޫލަށް ދަނީ
ދަރިވަރުން ސްކޫލަށް ދަނީ
އަންނަ އަހަރު ސްކޫލުތަކުގައި ކިޔަވައިދޭ ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކީ-ސްޓޭޖް 3 އާ ހަމައަށް މިހާރު މި މާއްދާ ތަޢާރަފުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މާއްދާ ތަޢާރަފުކުރުމަށްފަހު ލިބެމުންދާ މަޢުލޫމާތާއި ތަޖުރިބާއަށް ބިނާކޮށް، އަންނަ އަހަރު މި މާއްދާއަށް ކުދި ބަދަލުތަކެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށެވެ.

އެގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި، ދިވެހި ކާބަފައިންގެ ތާރީޚާއި، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސްތަކުގެ އިތުރުން، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚްލާޤާއި ސުލޫކީ ސިފަތައް މި މާއްދާގެ ތެރޭގައި ހިމެނުމަށް ނިންމާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 2024 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް