އާޓިފިޝަލް އިންޓެލިޖެންސް(އޭއައި) ބޭނުންކޮށްގެން ކިޔަވައިދޭން ކުރިއަށް އޮތް ތަނުގައި ގާބިލު ޓީޗަރުންތަކެއް ހިމެނޭ ފޯސްއެއް އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ދިޔަ "އަހާ ފޯރަމް"ގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތައުލީމީ ނިޒާމުގެ ތެރޭގައި އޭއައިފަދަ ޓެކްނޮލޮޖީތައް ހިމަނަމުންދާ ކަމަށާއި ރާއްޖެއިން ވެސް އެ ބަދަލުތަކަށް އޮންނާނީ ފަހިކޮށް ކަމަށެވެ.
އަދި ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމުގައި މުދައްރިސުންގެ އޮތް ދައުރު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުވެސް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު އޭއައި ޓްރެއިނިން ޕްރޮގްރާމްތަކެއް ޓީޗަރުންނަށް ހިންގި ކަމަށެވެ.
އޭގެ އިތުރުން މިހާރުވެސް ނެޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން(އެންއައިއީ)ގެ އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން ވެސް އޭއައި ޓްރެއިނިންގެ ކަންކަން ކުރިއަށް ގެންދަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.އަދި އެދުރު ޕްލެޓްފޯމް މެދުވެރިކޮށްވެސް ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ޓީޗަރުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މީގެ މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެކަށީގެންވާ ގާބިލުކަންހުރި ޓީޗާސް ފޯސްއެއް އިރާދަކުރެއްވިއްޔާ ރާއްޖޭގައި އޮންނާނެއޭ" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު