ޅ. ނައިފަރުގައި ބަދު އަޚުލާގީ މައްސަލަތަކެއް ފެންމަތިވި އެ ރަށު މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރު އެންމެ ފަހުން އިސްތިއުފާ ދީފި އެވެ.

އުމުރުން 50އިން މަތީގެ އަހަރުތައް ގުނަމުންދާ އެ ޓީޗަރުގެ ބަދުއަޚުލާގީ އަމަލުތައް ތަކުރާރުވަމުންދާތީ އޭނާ ވަކިކުރަން މިދިޔަ ހަފްތާގައި ސްކޫލުގެ ބެލެނިވެރިން ވަނީ އިހުތިޖާޖުވެސްކޮށްފަ އެވެ.

ކުރިންވެސް އެ ޓީޗަރުގެ ކިބައިން އެފަދަ މައްސަލަތަކެއް ފާހަގަވެގެން އޭނާ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އެ ޓީޗަރުގެ މައްސަލައިގައި ބެލެނިވެރިން މި ފަހަރު ރުޅިގަދަވީ ހަމަ އެފަދަ މައްސަލައެއް މިފަހަރުވެސް ފެންމަތިވުމުން ނެވެ.

އެހެންވެ އެފަދަ ޓީޗަރަކާހުރެ ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ބެލެނިވެރިން އިހުތިޖާޖުކުރީ އެވެ.

ނައިފަރު ސްކޫލުގެ އިސް ބޭފުޅަކު "ރަސް"އަށް ކަށަވަރުކޮށްދިން ގޮތުގައި އެ ޓީޗަރު މިހާރު ވަނީ އިސްތިއުފާދީފަ އެވެ.

އެ މައްސަލައިގައި އެކި މީޑިއާތަކުން އެޑިއުކޭޝަން މިނިސްޓްރީއާ މީގެ ކުރިން ވެސް ސުވާލުކުރި ނަމަވެސް އެއްވެސް ޖަވާބެއް ނުދެ އެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީއަަށް ވެސް އޮތީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން