އިސްރާއިލުން ޝަހީދުކޮށްލި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާގެ މައްޗަށް ޣައިބަށް އައްޑޫގައި ވެސް ކަށުނަމާދުކޮށްފި އެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ތެހެރާންގައި ހުންނަވަނިކޮށް އިސްރާއިލުން ހަނިއްޔާ އަވަހާރަކޮށްލީ މިދިޔަ ބުދަ ދުވަހުއެވެ.
އިސްލާމީ އެކިއެކި ގައުމުތަކުގައި ވެސް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައި އޮތުމުން ރާއްޖޭގައި ވެސް ޣައިބަށް ކަށުނަމާދު ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންވެސް އޮތީ ގޮވާލައިފަ އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން އެކަމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް އައްޑޫ ސިޓީގެ މިސްކިތްތަކުގައި މިއަދު ވަނީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ރަސް"އަށް ވިދާޅުވީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމީ އައްޑޫ ސިޓީ ކައުންސިލްއިން ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް އައްޑޫގެ ހުރިހާ މިސްކިތެއްގައި ހުކުރަށް ފަހު ކަށުނަމާދު ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ޣައިބަށް ނަމާދު ކުރި ނަމަވެސް ރާއްޖޭގެ އެހެން އެއްވެސް ހިސާބެއްގައި އެގޮތަށް ޣައިބަށް މިއަދު ކަށުނަމާދު ކުރި ކަމެއް އެނގިފައެއް ނުވެއެވެ.
ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން ބަޔާނެއް ވެސް ނެރުނީ 24 ގަޑިއިރު ފަހުން ނެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

ކިޔުންތެރިންގެ ހިޔާލު