ޕާކިސްތާނުން އައްޑޫ ސިޓީ ކައުންސިލްއަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން
ޕާކިސްތާނުން އައްޑޫ ސިޓީ ކައުންސިލްއަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން
ޕާކިސްތާނުން އައްޑޫ ސިޓީ ކައުންސިލްއަށް 10،000 ޑޮލަރުގެ އެހީއެއް ދީފިއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިއީ އައްޑޫ ސިޓީ ކައުންސިލްއިން އެދިގެން ޕާކިސްތާނުން ދިން އެހީއެއް ކަމަށެވެ.

އިއްޔެ ޕާކިސްތާން ހައިކޮމިޝަންގައި މި އެހީއާ ހަވާލުވެވަޑައިގެންނެވީ ވެސް މޭޔަރު ނިޒާރުއެވެ.

އަދި މި އެހީ ބޭނުންކުރާނީ އައްޑޫ ސިޓީ ކައުންސިލްގެ ޔޫތު ސެންޓަރުގެ އިމާރާތުގައި ސޯލާ ޕެނަލް ބޭނުންކުރަން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރަން ފަސް ލައްކައެއްހާ ރުފިޔާ ބޭނުންވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ބާކީ ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިހާރު 60 އަހަރު ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު