އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ކުމާރް ގޯރަވް އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ކުމާރް ގޯރަވް އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ކުމާރް ގޯރަވް އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި މުހިންމު ބައްދަލުކުރެއްވުމުގެ ތެރެއިން، ޑެޕިއުޓީ ހައިކޮމިޝަނަރު ވަނީ އައްޑޫ ސިޓީ ކައުންސިލްގައި އަލަށް ޤާއިމުކުރެވުނު 'އިންޑިއަން ކޯނަރ' ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އަދި މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ކައުންސިލަށް ފޮތްތަކެއްވެސް ހަދިޔާކުރައްވާފައެވެ.

މި ހަރަކާތަކީ ދެ ފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ސަގާފީ އަދި ތަޢުލީމީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައި ސިޓީ ކައުންސިލުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު