ކުޑަ ކުދިންނާ ދިމާއަށް ހަޅޭއް ލެވުމަކީ ރަނގަޅު ކަމެއް ނޫން- ގޫގުލް ފޮޓޯސް
ކުޑަ ކުދިންނާ ދިމާއަށް ހަޅޭއް ލެވުމަކީ ރަނގަޅު ކަމެއް ނޫން- ގޫގުލް ފޮޓޯސް
ދަރިން ބަލާ، ބޮޑުކޮށް، ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ ކަމެކެވެ. އެއީ ވަރަށް ބުރަ މަސައްކަތެކެވެ. އެއީ ކިހާ ދަތި އުނދަގޫ ކަމެއްކަން އެނގޭނީ އެކަން ތަޖުރިބާ ކޮށްފައިވާ ފަރާތްތަކަށެވެ.

ދަރިން ބަލާ ބޮޑު ކުރާއިރު ވަރަށް ގިނަ ކަންތައްތައް ތަހައްމަލު ކުރަން ޖެހޭނެއެވެ. ބައެއް ފަހަރު އެކުދިން ކުރާ ބައެއްް ކަންތައްތަކުގެ ސަބަބުން ރުޅި ގަދަވެ، ކޮންޓުރޯލު ނުކުރެވޭ ހިސާބަށް ރުޅިގަނޑު ދާ ފަހަރުވެސް އާދެއެވެ. އެފަދަ ހާލަތްތަކުގައި އެކުދިންނާ އަޑުހަރުކޮށް ވާހަކަ ދެއްކައި، ހަޅޭއްލެވުމަކީ ވަރަށް ގިނަ މައިންބަފައިން ކުރާ ކަމެކެވެ. ނަމަވެސް މިއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ނޭދެވޭ ނަތީޖާތަކެއް ނިކުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކުއްޖާ ބޮޑު ވަމުން އަންނަ އިރު ކުރެވޭ އެކި އެކި ކަންކަމުގެ ސަބަބުން އެކުދިންނާ ދިމާއަށް މައިންބަފައިން އަބަދު ހަޅޭއްލަވާނަމަ އެކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ. މިހެން މިކަން ވަނީ ރުޅި އައިސް އެއްޗިސް ބުނުމުން އެކުދިން އެމީހެއް ދެކެ ބިރުގަންނާތީއެެވެ. ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އަޑުހަރުކޮށް ވާހަކަ ދައްކަނީ އެކުއްޖާއަށް ވިސްނައި ދިނުމަށް ކަމަށްވީ ނަމަވެސް އެކުދިންނަކަށް އެކަމެއް ނުވިސްނޭނެއެވެ. އަދި އޭގެ ސަބަބުން އެކުދިން ބިރުގަނެ، އޭގެ ސަބަބަުން މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުން ހީނަރުވެގެން ދެއެެވެ.

އަދި ހަަމަ އެހެންމެ އަބަދު އެކި ކަންކަމުގައި ކުދިންނަށް އަޑުލައި، ހަޅޭއްލަވާނަމަ އޭގެ ސަބަބުން އެކުދިން މައިންބަފައިންނަށް ކުރާ އިތުބާރު ކުޑަވެގެން ދެއެވެ. ހަޅޭއްލެވުމުގެ ސަބަބުން ކުއްޖާ އާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރު ވުމާއެކު، ދެމެދުގައި އޮންނަ އިތުބާރުވެސް ގެއްލިގެން ދެއެވެ. އަދި އޭގެ ސަބަބުން ކުއްޖާގެ ޖަޒުބާތުތަކާއި، ކުއްޖާއަށް ދިމާވާ އެކި ކަންތައްތައް މައިންބަފައިންނާ ހިއްސާ ނުކޮށް ފޮެރުވާތަންވެސް އާދެއެވެ.

އަދި މީގެ އިތުރުން މިގޮތަށް ކަންތައް ކުރާނަމަ ދަރިން އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ގެއްލިގެންދާނެއެެވެ. މައިންބަފައިން އަބަދު ކުއްޖާއަށް ކުރެވޭ އެކި އެކި ކަންތައްތަކުގައު އަޑު ހަރުކޮށް ހަޅޭއް ލަވާނަމަ އެކުދިންނަށް އެކުދިންގެ ކިބައިގައި މައްސަލައެއް ހުންނަ ކަމަށް ހީވެ، އޭގެ ސަބަނުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެގެން ދެއެވެ. އަދި އޭގެ ސަބަބުން އެކުދިން ދިރިއުޅުމުގައު ކުރިއަރައި ދިއުމަށް ހުރަސްތަކެއް އެޅިގެންދެއެވެ.

ރުޅި އިސްކޮށް، އަޑުހަރުކޮށް މުއާމަލާތު ކުރާ މީހުން އުޅޭ މާހައުލެއްގައި ކުއްޖާ ބޮޑުވާނަމަ މިނޫނަސް ވަރަށް ގިނަގުނަ މައްސަލަތަކެއް ކުއްޖާއަށް ކުރިމަތިވެއެވެ. އަދި އެކުދިންނަށް ނަފްސާނީ އެތައް މައްސަލަތައް ޖެހުމަކީވެސް ކުރިމަތިވެދާނެ ކަމެކެވެ. މިގޮތަށް ދަރިންނާ ދިމާއަށް ހަޅޭއްލެވުމުގެ ސަބަބުން ފޫ ނުބެއްދޭ ވަރުގެ ގެއްލުންތައް އެކުދިންނަށް ކުރިމަތިވެގެން ދެއެވެ. ވީމާ ދަރިން ތަރުބިއްޔަތު ކުރާއިރު ދިމާވާ އެކި ހާލަތްތަކުގައި އެކުދިންނާ މުހާތަބު ކުރާއިރު، ރުޅި އިސް ނުކޮށް، ހަމަޖެހިލައިގެން ހުރެ، ލޯބިން އެކުދިންނާ މުހާތަބު ކުރެވޭތޯ ބަލަން ޖެހެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން