މި ފަސް އަހަރުގެ ތެރޭގައި އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު ތިން މިލިއަނާއި ހަތަރު މިލިއަނާ ދެމެދުގެ އަދަދަކަށް އިތުރު ކުރެވޭނެ ކަމަށް ބެލެވޭކަމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެން ނަމަވެސް ހުރިހާ ކަމަކީ ހާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.
އެކަމަކުވެސް އަޑު އަހައިގެން ކަންކަން ރަނގަޅުކޮށް ކަންކަން ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބައްލަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ޑރ. މުހައްމަދު މުއިއްޒުގެ މި ފަސް އަހަރު ނިމިގެންދާއިރުގައި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން އެއީ ތިން މިލިއަނާއި ހަތަރު މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭތޯ. އެއީ އަޅުގަނޑު ހަމަ ބޭނުންވާކަމެއް. އޭރުން ދިވެހިރާއްޖެއަށް ލިބިގެންދާ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި މިއީ ހަމައެކަނި އޭނާ އެކަނި ދައްކާ ވާހަކައެއް ނޫން ކަަމަށާއި އައިޓީބީގެ ޕާޓާގެ ބޭފުޅުންނާ ވާހަކަ ދެއްކުމުން 2026 ވަނަ އަހަރު ނިމެންވާއިރު ރާއްޖެއަށް ތިން މިލިއަން ފަތުރުވެރިން އަހަރަކު އަންނާނެ ކަމަށް އެ ބޭފުޅުންވެސް ވިދާޅުވި ކަމަށެވެ. އެއީ ރާއްޖޭގެ އެއާޕޯޓުވެސް ނިމި އިތުރު އެއާލައިންތައް ވެސް ރާއްޖެއަށް ދަތުރުތައް ފަށާނެތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު