އަމާޒަކީ އަންނަ އަހަރު ފަތުރުވެރިކަމުގެ އޮފް ސީޒަންގައި 15 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން ކަަަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ،

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތަނާ އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓް ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ.

އެހެންވެ އިންޑިއާ މާކެޓް އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެއާއެކު އިންޑިއާގެ މުމްބާއީ، ދިއްލީ އަދި ބެންގަލޫރުގައި ރޯޑް ޝޯޢެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުކޮށް އޮފް ސީޒަންގެ އޮކިއުޕަންސީގައި އިންޑިއާގެ ފަތުރުވެރިންގެ ހިއްސާ ބޮޑެވެ. ނަމަވެސް ފަހަކަށް އައިސް އެ މާކެޓް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ލޯ ސީޒަނަށް ތަައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ފަށައިފައިވާ ކަމަށެވެ.

"މި އަންނަ އަހަރުގެ ލޯ ސީޒަނަށް މިހާރުއްސުރެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މި އަންނަ އަހަރުގެ ލޯ ސީޒަންގައި މި އަހަރުގެ ލޯ ސީޒަނަށް ވުރެ 15 ވަރަކަށް ޕަސެންޓް އިތުރު ކުރިއެރުމެއް ހޯދަން. އެހެންވެއްޖެ ކަމަށްވެއްޖިއްޔާ އެއީ އިންޑަސްޓްރީޢަށް އަޅުގަނޑުމެންނަށް ކޮށްދެވޭނެކަމެއް. މީގެ ސަބަބުން ރާއްޖޭގެ ރެވެނިއު ލޯ ސީޒަންގައި ވަރަށް ބޮޑަށް އިތުރުކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ ލޯ ސީޒަންގައ ހަމައެކަނި މަސައްކަތް ކުރާނީ އިންޑިއާގެ މާކެޓް އިތުރުކުރަން ނޫން ކަމަށާއި ރަޝިއާ މާކެޓް އިތުުރުކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެހެންކަމުން ރަޝިއާގައި ވެސް ރޯޑް ޝޯތަކެއް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން