ބަޖެޓު ޑެފިސިޓް ފޫބެއްދުމަށްޓަކައި ބޭރު ގައުމުތަކުގެ އެހީހޯދަން މިހާ ދަތިވެގެން އުޅުނު ސަރުކާރެއް ފެނިވަޑައިގެންފައި ނުވާކަމަށް ކުރީ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝައުނާ ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝައުނާ ވިދާޅުވީ, ހާރިޖީ ސިޔާސަތަކީ ސަރުކާރެއް އިންތިހާބުވުމުން އިންތިގާލީ މަރުހަލާގައި އުފަންވާ އެއްޗެއް ނޫންކަމަށާއި އެއީ ޒަމާނުއްސުރެ ގައުމުތަކާއެކު އުފައްދާފައިވާ ގުޅުމުގެ ސަބަބުން ހިނގާ ކަމެއްކަމަށެވެ.

ނަމަވެސް މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 9 މަސް ވެގެން ދިޔައިރުވެސް އެއްވެސް އެހީއެއް ސަރުކާރަށް ހޯދިފައި ނުވާކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއަށް ބޭރު ގައުމުތަކުގެ އެހީ ހޯދަން އެންމެ ދަތިވެގެން އުޅޭތަން ފެންނަ ސަރުކާރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ, ފޮރިން ޕޮލިސީއަކީ ކޮބައިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށާއި މި ކަންކަމުން ފެންނަނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދުރުވިސްނާ

26-Aug-2024

ގާބިލް ގަދަ 10ތެރޭ ކަނބުލޮއޮތީ ހިމެނިފަ. ވޯލްޑްބޭންކަށް އޮޅުވާލައިގެން 24 ގަޑިއިރު މެދުނުކެޑި ލޮނުފެނުގެ ވާރޭވެހޭ ހައިވޭގަ ސޯލާސިސްޓަމް ހަރުކުރަންލަފާދީގެން ތިމާ އަތްގުޅި ނުކާވަރުގެ ވަޒީރާކަމަށް އައިސް ކުޅުނު ޑްރާމާގެ ނަތީޖާއަކީ ހުރިހާއެއްޗެއް ދަބަރަށްވެ ބޭނުންކެޑުން. އެކަމަކު ޖީބު ބޮޑުތަނުން ހެއްވާލީ ގާބިލާ، ނާގާބިލާ ދެމީހުން ކައިވެނިކުރި ހިސާބުން.ގާބިލްއަށްވަރަށްސަލާމް.



ޓްރެންޑިން