ފ. މަގޫދޫގައި ހުންްނަ އެ ރަށު ސްކޫލުގެ ފެންވަރު ރަނގަޅުކުރަން ރަށު ކައުންސިލުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެހީ ދޭން ނިންމައިފި އެވެ.
ނިމިގެން ދިޔަ ހަފްތާގައި ވަނީ މަގޫދޫ ކައުންސިލާއި އެ ރަށުގެ ސްކޫލާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.
މަގޫދޫ ކައުންސިލްގެ އޮފިޝަލަކު "ރަސް"އަށް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ ކޮމްޕިއުޓާ ލެބް އިތުރަށް ތަރައްގީކޮށް އިންޑޯ އަދި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކޮށް ސްކޫލުގައި ރަނގަޅު ބަގީޗާއެއް ތަރައްގީކުރުމުގެ އިތުރުން ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރަންވެސް އެހީ ދޭނެ ކަމަށެވެ.
އެގޮތުން އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާގެ ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަގޫދޫ ކައުންސިލްގެ އޮފިޝަލު ވިދާޅުވީ އެ ރަށު ސްކޫލަކީ އެހާ ގިނަ ދަރިވަރުން ކިޔަވާ ސްކޫލަކަށް ނުވާތީ ސަރުކާރުން މާބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.
މަގޫދޫ ސްކޫލުގައި ގްރޭޑް އެކަކުން 12 އަށް ކިޔަވައިދޭ އިރު ސްކޫލްގައި ކިޔަވަނީ 200 އެއްހާ ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު