މާވެލް ޔުނިވަރސްގެ ތަފާތު ކެރެކްޓަރުތަކެއް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ޚާއްޞަ އެޑިޝަން ޕެކޭޖިން ތައާރަފްކޮށްފިއެވެ. މި ގުޅުމުގެ ސަބަބުން ކޮކާ-ކޯލާ އާއި މާވެލްގެ ލޯބިވާ ދުނިޔެތައް އެއްކޮށް، ފޭނުންނަށް ތަފާތު އަދި އޭގެ ތެރެއަށް ވަދެވިގެންދާ ފަދަ ތަޖުރިބާއެއް ލިބިގެންދެއެވެ.

ދިވެހިރާއްޖޭގައި ކުރިއަށްދާ 'ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވުލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެއެވެ. ޕެކޭޖިންގައި ހުދު، ރަތް، އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާއިރު، ކޮންމެ އުފެއްދުމަކީ ވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެއެވެ.

ރާއްޖޭގައި ތިބި މީހުންނަށް މި ޚާއްޞަ އެޑިޝަންގައި ހިމެނޭ ކިއުއާރް ކޯޑްތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަޠަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރް އެނިމޭޝަން ތަޖުރިބާތައް ހުޅުވައިލެވޭނެއެވެ. މި އިންޓަރެކްޓިވް ފީޗަރގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.

"މި ކެމްޕޭނަކީ ލޯބިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެލައިގެން، ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ މީހުންނަށް ޚާއްޞަ ކަމެއް ފޯރުކޮށްދިނުމަށް ފެށި ކެމްޕޭނެއް،" ސްރީލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވި އެވެ. "ފޭނުންނަށް އެމީހުން އެންމެ ގަޔާވާ މާވެލް ބަތަލުންނާ އެކު ގާތުން ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ދެވުމަކީ އަޅުގަނޑުމެން ލިބޭ އުފަލެއް."

ކޮކާ-ކޯލާއިގެ މި ކެމްޕޭނުގައި އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން، އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމު މިހާތަނަށް ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން މި ޚާއްޞަ އެޑިޝަން އުފެއްދުންތައް އެއްކުރަމުން އަންނައިރު، މިހާރު މިއޮތީ ރާއްޖޭގައި ވެސް މި އުފާފާޅުކުރުމުގެ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލައިދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން