ސްކޫލުތަކުގައި ނަފްސާނީ ދޮޅަހެޔުކަމާ ގުޅޭ ޕްރޮގްރާމްތައް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ސްކޫލްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ޔުނިސެފާ ގުޅިގެން ހިންގަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން އެފަދަ ޕްރޮގްރާމެއް ހިންގައިދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް މިއަދު އިއުލާންކުރި އިރު އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

އެ ޕްރޮޖެކްޓަށް ކަނޑައަޅާފައި ވަނީ 585،000 ރުފިޔާގެ ބަޖެޓެކެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ވީޑިއޯއާއި ގްރެފިކްސް އަދި އެނިމޭޝަން ހިމެނޭ 30 ކޮންޓެންްޓް ހަދަން ޖެހޭނެ އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަރަޢް ބޮޑެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް ފަރުވާ ދޭނެ ފެންވަރު ރަނގަޅު ތަޖުރިބާކާރުން ނެތް ކަމުގެ ޝަކުވާވެސް ބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން