އައްޑޫ ސިޓީގައި ހުއްދަ ނުހޯދައި އަމިއްލަ ބޭނުންތަކަށް މަގުތައް ބަންދުކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ ގަވާއިދާއި އެއްގޮތަށް މަގު ބަންދު ކުރުމަކާ ނުލައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުމަތި އަދި ޕޭވްމެންޓް، ހަފްލާތަކާއި އިޖުތިމާއީ އަދި އުމްރާނީ މަސައްކަތްތަކަށް ބޭނުންކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު، އައްޑޫ ސިޓީ ކައުންސިލުން "ވަގުތީ ގޮތުން މަގު ބަންދު ކުރުމާއި ބެހޭ ގަވާއިދު" އެކުލަވާލައި ގެޒެޓްގައި ޝާއިރުކޮށްފައިވާ ކަމަށެވެ.
ކައުންސިލްގެ އިއުލާނުގައި ބުނީ އެފަދަ ގަވާއިދުތަކަކީ އެންމެންގެ މަސްލަހަތަށް ޓަކައި ހެދިފައިވާ ގަވާއިދުތައް ކަމުން، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން، ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެހެންކަމުން ގަވާއިދާއި އެއްގޮތަށް އަވަށު އޮފީހުން ނަގަންޖެހޭ ހުއްދަ ނެގުމަށްފަހު ނޫން ގޮތަކަށް މަގު ބަންދުކޮށްގެން މަގުމަތީގައި އެއްވެސް މަސައްކަތެއް ނުވަތަ ހަރަކާތެއް ނުހިންގުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު