މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ބީސީސީއާއި ސައިރިކްސް ކޮލެޖުން އެއްބަސްވެއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ސައިރިކްސް ކޮލެޖާއި ދެމެދު މިއަދު ސޮއިކޮށްފައިވަނީ ސައިރިކްސް ކޮލެޖުގައި މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ބީސީސީން ފަހިކޮށްދިނުމަށެވެ.
އޭގެއިތުރުން ބީސީސީގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ފަންނީ މަޢުލޫމާތު ލިބެނިވި ތަމްރީން ޕްރޮގްރާމްތައް ސައިރިކްސް ކޮލެޖުގައި ހިންގުމަށާއި ދެފަރާތަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ގުޅިގެން ކުރުމަށް އެއްބަސްވެފައިވެއެވެ.
ހަމައެހެންމެ ދެ ފަރާތުގެ ފަންނީ ޤާބިލުކަން ޙިއްޞާކޮށް ދެފަރާތުގެ ފެންވަރު މަތިކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ހަމައެއާއެކު ދެފަރާތުން ގުޅިގެން މަސައްކަތު ބައްދަލުވުންތައް ބާއްވައި، ދެފަރާތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް މިފަހުމުނާމާގެ މަޤްސަދެކެވެ.
މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމެވެ. އަދި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޗެއަރމަން އަޙްމަދު ޝަރީފެވެ.

ކިޔުންތެރިންގެ ހިޔާލު