ޕްރޮފެޝަނަލް ކޮލިފިކޭޝަން ހޯދަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް އޮންލައިންކޮށް އުނގެނުމުގެ ފުރުސަތުތައް ފުޅާކޮށް، ސައިރިކްސް ކޮލެޖުން އައު ހަތަރު އޮންލައިން ސެޓްފިކެޓް ތިނެއްގެ ކޯސްތަކެއް ފަށައިފި އެވެ.

މި ޕްރޮގްރާމްތަކަކީ ކޮންމެހެން ބޭނުންވާ ހުނަރާއި އަމަލީ ޢިލްމު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެއް ކަމުން، މި ޕްރޮގްރާމްތަކަކީ ވަޒީފާގެ މާހައުލުގައި ކުރިއަރަން ނުވަތަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށްވެސް މުހިންމު ޕްރޮގްރާމްތަކެކެވެ.

ސައިރިކްސް ކޮލެޖުން ތަޢާރަފްކޮށްފައިވާ އައު އޮންލައިން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތައް:

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޓްފިކެޓް 3

މި ކޯހުގައި ސޮފްޓްވެއާ އެޕްލިކޭޝަންތަކާއި، ނެޓްވޯކިންގ، އަދި އައިޓީ މައްސަލަތައް ހައްލުކުރުމުގެ އުކުޅުތައް ހިމެނޭ ގޮތަށް އައިޓީގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މިއީ ޓެކް އިންޑަސްޓްރީއަށް ފަށަން ޝައުގުވެރިވާ ފަރާތްތަކަށް މުހިންމު ކޯހެކެވެ.

އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ސެޓްފިކެޓް 3

އިދާރީ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި އޮފީސް މެނޭޖްމަންޓްގެ މުހިންމު ހުނަރުތަކާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޯޕަރޭޓް މާހައުލުތަކަށް ބޭނުން މުހިންމު ކޮމިއުނިކޭޝަން ސްޓްރެޓެޖީތައް ދަސްކޮށްދެވޭނެއެވެ.

އެކައުންޓިންގ އެންޑް އޮފީސް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް 3

މި ކޯހުގައި އެކައުންޓިންގ ޕްރިންސިޕަލްސް އަދި އޮފީސް މެނޭޖްމަންޓް ޓެކްނިކްސް ގެ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ލިޓްރޭސީ އާއި އޯގަނައިޒޭޝަނަލް ސްކިލްސް ދަސްކޮށްދެވޭނެއެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް 3

އެޗްއާރު ޕްރޮފެޝަނަލުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް ކެޕޭސިޓީ ބިނާކުރުމަށް، ރިކްރޫޓްމަންޓާއި، މުވައްޒަފުންނާއެކު ބަހައްޓަންވާ ގުޅުންތަކާއި، މަސައްކަތުގެ މާހައުލުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ދަސްކޮށްދެވޭނެ ކޯހެކެވެ.



ސައިރިކްސް ކޮލެޖުން ތަޢާރަފްކޮށްފައިވާ މި އޮންލައިން ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް ތަޢުލީމު ހާސިލުކުރުމަށް ފްލެކްސިބިލިޓީ ލިބިގެންދާއިރު، ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ އިރުޝާދު ލިބި، ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ސްޕީޑުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސައުރިކްސް ކޮލެޖުން ބުނެއެވެ.

ސައިރިކްސް ކޮލެޖުގެ އަމާޒަކީ، ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމް ފޯރުކޮށްދިނުމެވެ. އެގޮތުން ތަޢާރަފްކޮށްފައިވާ އޮންލައިން ކޯސްތަކުން ހާސިލު ކުރެވިގެންދާނެ ސެޓްފިކެޓްތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ، ވަޒީފާގެ ކުރިއެރުން ލިބިގެންދިއުމަށް އެހީތެރިވެދޭނެ އެވެ.

ސައިރިކްސް ކޮލެޖުގެ ކޯސްތަކާއި ބެހޭގޮތުން އިތުރު ތަފްސީލާއި މައުލޫމާތު ހޯއްދެވުމަށް 9995870 އަށް ގުޅައި މަޢުލޫމާތު ހޯދާލެވޭނެއެވެ. ނުވަތަ ކޮލެޖުގެ ވެބްސައިޓުން އިތުރު މަޢުލޫމާތު ހޯދާލެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން