ސިންގަޕޫރުގައި މާސްޓާސް ޑިގްރީއަށް ކިޔަވަން ދެ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލީ ރާއްޖެ ބައިވެރިވާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ކޮލަމްބޯ ޕްލޭންއިން އެވެ. އެގޮތުން ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ތިން ދާއިރާއަކުން ކިޔެވުން ހިޔާރުކުރުމުގެ ފުރުސަތު އެ ދެ ސްކޮލަޝިޕްގެ ދަށުން ލިބޭނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ މާސްޓަރސް އިން ޕަބްލިކް ޕޮލިސީ، މާސްޓާސް އިން އިންޓަރނޭޝަނަލް އެފެއާޒް އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެވެ.
އެ ދެ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލާޒް ޑިގްރީ ހާސިލުކޮށްފައިވުމާއި، ދައުލަތުގެ އިދާރާއެއްގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތަކަށްވުން ހިމެނެއެވެ.
އެ ދެ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ސްކޮޕަޝިޕްއަށް ކުރިމަތިލާއިރު އެޕްލިކޭޝަން ފޯމާއެކު ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަޒީފާ އަދާކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު