އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ކުދިންނަށް ގިނަ ކަންކަން ދަސްވޭ- ގޫގުލް އިމޭޖެސް
އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ކުދިންނަށް ގިނަ ކަންކަން ދަސްވޭ- ގޫގުލް އިމޭޖެސް
އާއިލާގައި ދިރިއުޅޭ އުމުރުން ދޮށީ މީހުން ނުވަތަ މާމާ، ކާފަ ފަދަ މީހުންނަކީ މި ދުނިޔެމަތީގައި ވަރަށް ގިނަ ކަންތައްތައް ތަހައްމަލު ކޮށް ދެކެފައިވާ މީހުންނެވެ. އެމީހުންގެ ފަރާތުން އަޅުގަނޑުމެންގެ ދަރިންނަށް ވަރަށް ގިނަ ކަންތައްތައް އުނގެނުމުގެ ފުރުސަތު އޮވެއެވެ.

އެހެންކަމުން މިފަހަރު މި ހިމަނާލަނީ އާއިލާގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ ފަރާތުން ކުޑަކުދިންނަށް ދަސްކޮށްދެވޭނެ ކަންކަމެވެ.

ދިރިއުޅުމުގައި ލިބިފައިވާ އިބުރަތްތައް



މާމާ ކާފާ އުމުރުގެ މީހުންނަކީ ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށް ވަރަށް ދިރިއުޅުމުގައި ގިނަ އިބުރަތްތަކެއް ހާސިލް ކޮށްފައިވާ މީހުންނެވެ. އެހެންކަމުން އާއިލާގައި ދިރިއުޅޭ ކުޑަކުދިންނަށް އެކަންތައް ކިޔައިދީ، އެ ހާސިލްވި އިބުރަތްތައް ދަސްކޮށްދިނުމުން، އެކުދިންނަށް އެކަންތައް ދަސްވުމުން ދިރިއުޅުމުގައި ދިމާވާ އުސްމިންތަކާއި އަޑިގުޑަންތައް ގިރާކުރަން އެކުދިންނަށް ފަސޭހަވާނެއެވެ.

ޘަޤާފަތާ ގުޅުން ހުރި ކަންތައް



ދޮށީ އުމުރުގެ މީހުންގެ ފަރާތުން އަޅުގަނޑުމެންގެ ދަރިން ދަސްކުރަންޖެހޭ އަނެއް ކަމަކީ އަޅުގަނޑުމެންގެ ޘަޤާފަތާ ގުޅުން ހުރި ކަންކަމެވެ. އަޅުގަނޑުމެންގެ މާމަ އަދި ކާފަމެންނަށް މި ގައުމުގެ ޘަޤާފަތާ ބެހޭ ވަރަށް ގިނަ ކަންތައްތައް އެނގޭނެއެވެ. އަދި އަޅުގަނޑުމެންގެ ދަރިން ގިނަ ވަގުތު އެމީހުންނާއެކު ހޭދަކުރާނަމަ އެކުދިންނަށް ޘަޤާފަތާ ގުޅުން ހުރި ކަންތައް ވަރަށް ފަސޭހައިން ދަސްކުރެވި، އޭގެ ސަބަބުން އެކުދިންނަކީވެސް ޘަޤާފީ ކަންކަމަށް ލޯބިކުރާ ކުދިބަޔަކަށް ވެގެން ދެއެވެ.

ކުރީ ޒަމާނުގެ ވާހަކަތައް



އާއިލާގައި އުޅޭ ދޮށީ މީހުންގެ ފަރާތުން އަޅުގަނޑުމެންގެ ދަރިން ދަސްކުރަން ޖެހޭ އަނެއް ކަމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގެ ވާހަކަތަކެވެ. އެމީހުންނަކީ ތާރީހީ އެތައް ކަމެއް ދެކެ، އެތައް ކަމެއްގެ ތެރޭގައި ދިރިއުޅެފައިވާ މީހުންކަމުން އަޅުގަނޑުމެންގެ ދަރިން އެމީހުންނާއެކު ގިނަ ވަގުތު ހޭދަކުރާނަމަ އެވާހަކަތައް ދަރިންނަށް ދަސްވެއެވެ. އަދި އޭގެ ސަބަބުން ޒަމާނަށް އަންނަ ބަދަލާއެކު ޓެކްނޮލޮޖީގެ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން އައިސްފައިވާ ބަދަލުތައް އެކުދިންނަށް އެނގިގެން ދެއެވެ.

ޝުކުރުވެރިވުން



ދޮށީ އުމުުރުގެ މީހުންގެ ފަރާތުން އަޅުގަނޑުމެންގެ ދަރިން ދަސްކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ލިބޭ މިންވަރަށް ޝުކުރުވެރިވުމެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ އެދުވަސްވަރަކު ލިބުނު ވަރަކުން ފުއްދައިގެން، ވަރަށް ދަތި ހާލުގައި ދުނިޔެމަތީގައި އުޅެފައިވާ މީހުންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަރިން އެމީހުންނާއެކު ގިނަ ވަގުތު ހޭދަކުރާނަމަ ލިބޭ މިންވަރަށް ޝުކުރުވެރިވާން ދަސްވެ، ދިރިއުޅުމުގައި ލިބޭ ކުދިކުދި އުފާތަކަށް ޝުކުރުވެރިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން