ހއ. ބާރަށުގައި އިކޯ ޓޫރިޒަމް ތަރައްްގީކުރުމަކީ ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ބާރަށުގައި އިކޯ ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ބީލަމަަށް ހުޅުވާލީ އިއްޔެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ރާވައިފައިވަނީ އެ ހޮޓަލަށް 71,832 އަކަފޫޓުގެ ބިމެއް ދޭގޮތަށެވެ.
އެކަމާ ގުޅޭ ގޮތުން އިއްޔެ މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަަސައްވަރަކީ ފަތުރުވެރިކަން ނެތް ތަންތަނުގައި ފަތުރުވެރިކަން ތަރައްގީކުރުން ކަމަށެވެ. އަދި ހަނިމާދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓް ނިމެންވާއިރަށް އެ ސަރަހައްދުގައި ގިނަ އެނދުތަކެއް ތަރައްގީކުރުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އެގޮތުން މި ހިސާބަށް އެނދުތަކެއް އައުމަކީ ހަމަ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑު އުއްމީދުކުރަނީ މި ހުޅުވާލެވުނު ބިޑުގައި މިއަށް ވަރަށް ބޮޑަށް ޕޮޓެންޝިއަލް ޕާޓީތަކުން ފާޅުކުރާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު