ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ރައީސް ޞާލިޙްގެ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޢާއްމު ކުރުން ފަސްކުރުމާ ގުޅިގެން ރައްޔިތުން ރުޅިގަދަވެ ހައުސިން މިނިސްޓްރީ ތެރޭގައި އިޙްތިޖާޖު ފަށައިފިއެވެ.
މިއަދު ހައުސިން މިނިސްޓްރީއަށް ދިޔަ ރައްޔިތުންވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް މިހާރުން މިހާރަށް ޢާއްމު ކުރުމަށް ގޮވާލާފައެވެ. އަދި ލިސްޓް ޢާއްމުކުރުން ފަސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޢާއްމުން ވަނީ ބުނެފައެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓް ޢާއްމުކުރުން އިބިލީހުގެ ކައިވެންޏަށް ވެފައިވާކަމަށް އިޙްތިޖާޖުގެ ބައިވެރިން ބުނެފައިވާއިރު ސަރުކާރުން މިއަދު ބުނެފައިވަނީ ފްލެޓަށް އެދި ހުށައެޅި ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފައިނަލް ލިސްޓު ނެރެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރޭގައިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިމަހު އާންމު ކުރާނެ ކަމަށެވެ.
4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ނިމިގެން ދިޔަ ސަރުކާރުން އާންމުކުރީ ވެރިކަން ނިމެން ދެތިން ދުވަހަަށް ވެފައި ވަނިކޮށެވެ. އަދި އެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބަލާފައެވެ.
އޭސީސީއަށް ހުށަހެޅި ފްލެޓް ލިސްޓްގެ މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި ހައުސިންގ އެޑްވައިޒަރީ ކޮމެޓީން ދާއިމީ ލިސްޓް އެކުލަވާލާފައިވާގޮތް ވެސް ހައުސިން މިނިސްޓްރީއަށް ކަމުދާގޮތް ވަނީ ނުވެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ދަނީ 17 ބުރިއާއި 18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. މިޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
އެ ހުރިހާ ޓަވަރެއްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް، އެ ފްލެޓުތައް ހަދަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައިވާއިރު، އޭގެ ތެރެއިން 700 ފްލެޓު ނިންމުމަށް ފަހު މިހާރު ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު