ގުޅީފަޅުގެ އެންމެ ފުން ސަރަހައްދު ވަރަށް އަވަހަށް ހިއްކާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ރޭ ގެެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭކުން ދޫކުރި ގޯތިތައް ވަރަށް މަސައްކަތުން ދޫކޮށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅަކީ މިހާރު ބުރިޖުގެ މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ސަރަހައްދެއް ކަމަށެވެ.

އެހެންކަމުން ގުޅިފަޅުން އަދި ގޯތި ހަވާލުކުރެވެން ނެތް ކަން މިނިސްޓަރު ފާހަަގަ ކުރެއްވި އެވެ.

"ދެން ގިރާވަރު ފަޅަކީ އަދި ގުޅީފަޅަށް ވުރެ ތަންކޮޅެއް ފަހަތުގައި އުޅޭ އޭރިއާއެއް. އެތާނގަވެސް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދޭ. ދެން ގުޅީފަޅުގައި ވެސް އަދިއެބައިން އަޅުގަނޑުމެން ހިއްކަން ޖެހޭ ބައެއް. އެންމެ ފުން ސަަރަހައްދު ހިއްކަންވެސް ޖެހޭ. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަށް ފެށިގެން ނިންމާލެވޭނެ، ހަމަ އެގޮތަށްވެސް ގިރާވަރުފަޅުގައި އެގޮތަށް އެ މަސައްކަތް ފަށައިގެން ނިންމަން ގަސްދުކޮށްފައި އޮތީ ވަރަށް އަވަހަށް." މިނިސްޓަރު ވިދާޅުވި އެވެ.

ގުޅިފަޅުން މިހާތަނަށް 150 ހެކްޓަރުގެ ބިން ހިއްކާފައި އޮތް އިރު އަދި އިތުރު 85 ހެކްޓަރު ހިއްކަން އޮތީ ނިންމައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން