ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާމެދު މަޝްވަރާ ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިއްޖެއެވެ.
އެމްޖޭއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕާއި މަޝްވަރާ ކުރުމަށް ހުށައަޅާފައިވާ ކަމަށެވެ.
“މި ޖަމްއިއްޔާ އާއި މިބިލާ ގުޅޭ ގޮތުން މަސައްކަތް ކުރާ ނޫސްވެރިންގެ ވޯކިން ގުރޫޕުން ބައްދަލުކުރުމަށް މިހާރު ވާނީ ރަސްމީކޮށް ސިޓީއަކުން އެދިފައެވެ. އަދި އެ ބައްދަލުވުންތައް އިންތިޒާމްކޮށްދެއްވާނޭ ކަމުގެ ފެހި ސިގްނަލް ލިބިފައިވެއެވެ.” އެމްޖޭއޭ އިން މިއަދު ވަނީ ބުނެފައެވެ.
އެމްޖޭއޭ އިން މިކަން ހާމަކޮށްފައިވާއިރު މަޖިލީހުގެ މިނިވަން މެންބަރަކު މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ބިލެއްކަމަށް އެޖަމިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ހަމައެއާއެކު އެބިލަށް އިސްލާޙު ގެނައުމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިހާރުވަނީ ޕެޓިޝަނެއްގައި ސޮއިކުރަންވެސް ފަށާފައެވެ.
މީޑިއާ ބިލްގެ މައްސަލާގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ ބިލު އަނބުރާ ގެންދިއުމަށް ބިލު ހުށައެޅުއްވި މެންބަރަށް ގޮވާލާފައެވެ.
އެމްޖޭއޭ އިން މީގެކުރިން ބުނެފައިވަނީ ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްކަމަށެވެ.
ހަމައެއާއެކު ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް ކަމަށާއި މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.
މި މައްސަލާގައި ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ވެރިކަންކުރާ ޕާޓީ އަދި… pic.twitter.com/JZIJs8dY3j
— Maldives Journalists Association (@mjamaldives) November 16, 2024
އެމްޖޭއޭ އިން މިކަން ހާމަކޮށްފައިވާއިރު މަޖިލީހުގެ މިނިވަން މެންބަރަކު މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ބިލެއްކަމަށް އެޖަމިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ހަމައެއާއެކު އެބިލަށް އިސްލާޙު ގެނައުމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިހާރުވަނީ ޕެޓިޝަނެއްގައި ސޮއިކުރަންވެސް ފަށާފައެވެ.
A public, online version of the petition will be launched soon for members of the public who want to join us.
— Maldives Journalists Association (@mjamaldives) November 16, 2024
📸: members sign the petition pic.twitter.com/HoTVXuFau4
މީޑިއާ ބިލްގެ މައްސަލާގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ ބިލު އަނބުރާ ގެންދިއުމަށް ބިލު ހުށައެޅުއްވި މެންބަރަށް ގޮވާލާފައެވެ.
އެމްޖޭއޭ އިން މީގެކުރިން ބުނެފައިވަނީ ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްކަމަށެވެ.
ހަމައެއާއެކު ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް ކަމަށާއި މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.
މި މައްސަލާގައި ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު