މުޖުތަމައުގައި ހިނގާ ނާޒުކު ހާދިސާތަކާއި އާއިލީ މައްސަލަތައް ރިޕޯޓްކުރުމުގައި، އިންސާނީ ކަރާމާތަށް އިސްކަންދީ، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކުގެ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދޭއިރު، ވަކިން ހާއްސަކޮށް ކުޑަކުދިންނާއި، މައިންބަފައިން އަދި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ކޮންޓެންޓް އާންމުކުރުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ.
ކޮމިޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި، ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ވަނަވަރު ނުވަތަ އެ މީހުން ދެނެގަނެވޭނެ ފަދަ މައުލޫމާތެއް ހާމަކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން ރަސްމީ އިދާރާތަކުން ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. އާއިލީ މައްސަލަތަކާއި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ނާޒުކު ކަންކަމަށް ވާތީ، އެފަދަ މައްސަލަތައް ރިޕޯޓްކުރުމުގައި އެއްވެސް ބަޔަކަށް އިތުރު ނަފުސާނީ ނުވަތަ އިޖުތިމާއީ ގެއްލުމެއް ނުލިބޭނެ ގޮތަކަށް އަމަލުތައް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މިފަދަ މައްސަލަތައް ސޯޝަލް މީޑިއާގައި "ޝަރީއަތް" ކުރުމުގެ ބަދަލުގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާއި އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތު ހިއްސާކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.
މީޑިއާގައި މަސައްކަތްކުރާ ހުރިހާ އެންމެން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވެ، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
މީޑިއާ ކޮމިޝަނުން މި އިލްތިމާސް ނެރުނީ، އުފަންވުމާއެކު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު