ސިޔާމް--
ސިޔާމް--
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ތަފްސީލުތައް ހިމަނައިގެން އަލުން ބަޖެޓު ހުށަހަޅަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމު ގޮވާލައްވައިފި އެވެ.

ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ސިޔާމް ވިދާޅުވީ ބަޖެޓެއް ހުށަހަޅާފައި ތަފްސީލު އެނގެން ޖެހޭނެ ކަމަށެވެ.

އަދި ދާއިރާގެ ރައްޔިތުންގެ ވޯޓުން އޭނާ މެމްބަރަކަށް ހޮވިވަޑައިގެންފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އޭނާގެ މަޝްވަރާ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

އަދި މަޖިލީހުގައި އޭނާ 20 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރިއިރު ތަފްސީލު ނެތް ގޮތަށް ހުށަހެޅި މިއީ ފުރަތަމަ ބަޖެޓުކަަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އަދި ރައްޔިތުން ބޭނުންވަނީ ހުޅުވާލެވިފައިވާ ގޮތަށް ކަންކަން ހާމަކޮށްގެން ކުރިއަށް ގެންދަން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ބަޖެޓުގައި ތައުލީމާއި އެހެނިހެން ކަންކަމަށް ކުރެވޭ ހަރަދުގެ ތަފްސީލު ހުންނަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި ބަޖެޓަކީ އެއްވެސް ސަރުކާރަކުން ވެސް އަދި ކުންފުންޏަކުން ވެސް ބަޖެޓު ހުށަހަޅާނެ ގޮތެއް ނޫން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ޓޯޓަލް މި އޮތީ 56 ބިލިއަން ރުފިޔާ. އޮތް އިރުގައި އަޅުގަނޑުމެންނަކަށް ނޭނގޭ ހަރަދު ކުރަނީ ކޮން ކަމަކަށް ކަމެއް. އެހެންވީމަ އަޅުގަނޑު ހަމަ ގައިމުގެ ރައްޔިތުންގެ ހައްގުގައި ރައީސް އަޅުގަނޑު ހުށަހަޅަން މި ބަޖެޓު މުޅިން ބަދަލު ކުރައްވައި، ތަފުސީލު އެނގޭނެހެން އަޅުގަނޑުމެންނަށް މި ފޮތް އަލުން ދެއްވުން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ނޭނގި އެއްޗަކަށް ވޯޓު ދެވިއްޖެނަމަ ގިޔާމަތް ދުވަހުންވެސް މާތް ﷲ އަޒާބު ދެއްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން