މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ތުޅާދޫ ދާއިރާއަށް ނިސްބަތްވާ މިނިވަން މެމްބަރު އަބްދުﷲ ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު އަނބުރާ ގެންދަވައިފި އެވެ.
ހަންނާން އެ ބިލު އަނބުރާ ގެންދެވިކަން "ރަސް"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މިހާރު މީީޑިއާ ކައުންސިލްއަށް މެމްބަރުން އައްޔަނުކުރުމުގައި ސަރުކާރުގެ ދައުރެއް ނެތް ނަމަވެސް އެ ބިލުގައި ވަނީ އެކަން ބަދަލުކުރަން ހުށަހަޅައިފަ އެވެ.
އެގޮތުން ހަތް މެމްބަރުންގެ މައްޗަށް މީޑިއާ ކޮމިޝަން އެކުލެވޭ ގޮތަށް ހަދައި ހަތަރު މެމްބަރުން ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ގޮތަށް ހަދަން އޮތީ ހުށަހަޅައިފަ އެވެ.
އެގޮތުން ރައީސާއި ނާއިބު ރައީސްވެސް އައްޔަނުކުރާނީ މަޖިލީހުގެ ރުހުމާއެކު ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައި ވެއެވެ.
އެހެން ނަމަވެސް މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށް ބުނެ ރާއްޖޭގެ ގިނަ މީީޑިއާތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުދު ރައީސް ޑރ. މުޢިއްޒު ވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިދާޅުވީ އެ ބިލަށް ތާއިދު ނުކުރައްވާ ކަމަށާއި ޕީއެންސީގެ މެމްބަރުން އެ ބިލަށް ވޯޓު ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު