ގދ. ފަރެސްމާތޮޑާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ހިއްސާކޮށްފި އެވެ.
އެ ކަންބޮޑުވުންތައް ހިއްސާކުރީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއެކު ރައީސް އޮފީހުގައި ނާއިބު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވި ކަމަށެވެ.
އޭގެ އިތުރުން ފިޔޯރީގައި އޭޓީއެމްގެ ހިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވެސް އެބޭފުޅުން ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އަދި ފިޔޯރީ ސޫކޫލުގެ ހާލަތު ރަނގަޅުކޮށް ސިއްްހީ ހިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް ވެސް އެ ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް ބުނެފައި ވެއެވެ،
އެ ބައްދަލުވުމުގައި ނާއިބު ރައީސް ވިދާޅުވީ އެ ބޭފުޅުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެ ކަމަށެވެ.
އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު