ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަކީ، އެކަކު އަނެކަކަށް އިޙްތިރާމުކޮށް ގުޅިގެން މަސައްކަތްކުރުމުން ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ޗައިނާއިން އިސްނަގައިގެން ބޭއްވި "ހައިލެވެލް މީޓިންގ އޮން ދަ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީ.ޑީ.އައި)" ގައި ތަޤުރީރު ކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެމެ، ބައިނަލްއަޤްވާމީ އެއްބާރުލުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް އިޙްތިރާމުކުރާ ކަމަށެވެ. އަދި 2030 ވަނަ އަހަރަށް އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭ ކޮންމެ ބައިނަލްއަޤްވާމީ އިސްނެގުމަކަށް ރާއްޖޭން ފުރިހަމައަށް މަރުޙަބާ ކިޔާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ 2021 ވަނަ އަހަރު ތަޢާރަފުކުރެއްވި ޖީ.ޑީ.އައި އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެއްކަން ފާހަގަކުރައްވައި، އެކަމަށް ރާއްޖެއިން ފުރިހަމަ ތާއީދު އޮތްކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.
ރާއްޖޭގެ ޤައުމީ ތަރައްޤީގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ޗައިނާއިން ވެދޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ގިނަ ފަންނީ މީހުންނާއި މުއައްސަސާތައް ބާރުވެރިވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ މަގުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ ވަރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުން ޤައުމުތަކުގެ ތަރައްޤީއަށް ހުރަސްއެޅި، ވިލުންތެރިކަން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭ ކަމަށެވެ. އެހެންނަމަވެސް، އެފަދަ މާލީ ދަތިތަކާއެކުވެސް، ދެމެހެއްޓެނިވި ތަރައްޤީއާއި ދިގު މުއްދަތުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގައި ސާބިތުވެ ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދިރިއުޅުމަށް އޮތް އެންމެ ބޮޑު ނުރައްކާކަން ބަޔާންކުރައްވައި، ކުރިއަށް އޮތް ކޮޕް-31 ސަމިޓުން ނިންމާ ނިންމުންތަކަކީ ޢަމަލީ ގޮތުން ނަތީޖާ ނެރެދޭނެ ކަންކަމަށް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ ތަރައްޤީ އަވަސްކުރުމަށް ލިބޭ ބާރަކަށް ވާތީ، މި ދާއިރާއިން ޢިލްމާއި ހުނަރު ޙިއްޞާކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ޖީ.ޑީ.އައި ގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި އެންމެންގެ ބައިވެރިވުން ހިމެނޭ، ވިލުންތެރި އަދި އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަރުގަދަ ބައިވެރިވުމުގެ ތެރެއިން ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އުފުލައި، ހުރިހާ ޤައުމަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގައި ޗައިނާއާއި އެކުވެރި އެހެން ޤައުމުތަކާއެކު އޮތް ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު