ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން
ނިމިގެން ދިޔަ ހަފްތާގައި އަވަސް އަރުވާލައިގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަތަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްދު ދެއްވައިފި އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށާއި އަދި އިިތުރު ކަންކަން ހިމަނައި ގާނޫނު އަސާސީއަށް އިސްލާހު ގެނައީ މިދިޔަ ބުދަ ދުވަހު އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލް ކުރާ ޕީއެންސީން މަޖިލީހަށް ބިލް ތައާރަފު ކުރުމާއި ބިލް ފާާސްކުރުމާ މެދު ހޭދަވެފައިވަނީ އެންމެ ހަގަޑިއިރެވެ. އަދި ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްލާހުތައް ތަސްދީގުވެސް ކުރައްވައިފަ އެވެ.

އެހެންވެ އެހާ ބޮޑެތި އިސްލާހުތަކެއް އެހާ އަވަހަށް ފާސްކުރުމާއި ގުޅިގެން އެއީ ދުނިޔޭގެ ރެކޯޑެއްތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވައިފަ އެވެ.

ރޭ ޓީވީއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް މައުމޫން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މުހުތާޒް ވިދާޅުވީ ކުރިން ޑީއަރުޕީގެ ދުވަސްވަރު ފަނޑިޔާރުންގެ ގާނޫނަށް ހަތަރު ގަޑިއިރުގެ ތެޜޭގައި އިސްލާހު ގެނެސް ސުޕްރީމް ކޯޓަށް އޭރު ގެންނަން ބޭނުންފުޅުވި ބޭފުޅަކު ގެންނެވި ކަމަށެވެ. އަދި އެކަން މައްސަލައަށް ނުވި ކަމަށް މުހުތާޒް ވިދާޅުވިއެވެ.

"ފަނޑިޔާރުންގެ ގާނޫނު، ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ މާއްދާއެއް އުނި ކުރައްވާފައި ހަމަ ދެ ޕާޓީ އެއްބަސްވީމަ ހަމަ އެ މައްސަލައެއް ނެތް: މުހުތާޒް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވީ މި ވެރިކަމުގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ވެސް ދެ ޕާޓީން އެއްބަސްވެފައި އޮތް ކަމެއް ކަމަށެެވެ.

"އެމްޑީޕީ ވެސް ބޭނުންވެފައި އޮތް ކަމެއް މި ކަމަކީ. އަދި ގާނޫނު އަސާސީ ބަދަލުކުރަން ވެސް އެމްޑީޕީގެ ފިކުރުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައޭ އޮތީވެސް. ދައުރު ނިމުނުއިރު އެކަމެއް އެ ބޭފުޅުންނަށް ނުކުރެއްވުނު." މުހުތާޒް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން