ހިޔާ ފްލެޓްތަކުގައި 32 ލިފްޓް ހަރުކުރުމަށް ހަރަދުވަނީ 278 މިލިއަން ރުފިޔާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާ ކަމަށެވެ.
އެގޮތުން ކޮންމެ ޓަވަރަކަށް ބޭނުންވަނީ 2 ލިފްޓު ކަމަށާއި އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ހަރުކުރާ 32 ލިފްޓަށް ހަރަދުވަނީ ޖުމްލަ 18 މިލިއަން ޑޮލަރު ކަމަށެވެ. އަދި ދިވެހި ފައިސާއިން ބަލާއިރު އެއީ 278 މިލިއަން ރުފިޔާކަމަށްވެސް ފަޒުލް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ފަޒުލް ވިދާޅުވީ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއި ޙަވާލު ކޮށްފައިވާ މިމަސައްކަތް އެއް އަހަރު ދުވަސް ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު