ދެ މިލިއަން ވަނަ ފަތުރުވެރިޔާ ބުރާސްފަތި ދުވަހު އަންނާނެކަމަށް ލަފާކޮށްފި އެވެ.
މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އައިއިރު މި އަހަރު ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް 1،969،071 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އަދި ފާއިތުވި ފަސް ދުވަހު އެވްރެޖުކޮށް ކޮންމެ ދުވަހަކު 6000 އެއްހާ ފަތުުރުވެރިން އާދެއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު މި ހަފުތާގެ ބުރާސްފަތި ދުވަހު ހާސިލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ އަމާޒަށް ވާސިލު މިވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު