ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އަންނަ އަހަރު ފަސް ބިލިއަން ޑޮލަރަށް އެރުވުމަކީ އަމާޒެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުވުމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ފަތުރުވެރިކަމުން 15 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މި އަހަރަކީ ފާހަގަ ކޮށްލެވޭ އަހަރެއް ކަމަށް ވާއިރު ވުޒާރާއިން ވަނީ އަންނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމަށް އަޒުމު ހިފާފައިވާކަން ހާމަކޮށްފައެވެ.
މީގެ ކުރިން ވަޒީރު ފައިސަލް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަތް ބިލިއަން ޑޮލަރަށް އެރުވުމަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު